ކ. މާލެ
|
13 ޑިސެންބަރ 2019 | ހުކުރު 00:53
އެމްޓީސީސީ ކަށަވަރު ޝޯރޫމް
އެމްޓީސީސީ ކަށަވަރު ޝޯރޫމް
އެމްޓީސީސީ
އެމްޓީސީސީ ކަށަވަރު ޕްރޮމޯޝަން
އެމްޓީސީސީ ކަށަވަރު ޕްރޮމޯޝަނުގެ ތެރެއިން ހުރިހާ ސާމާނަކުން ބޮޑެތި ޑިސްކައުންޓު!
 
ޕްރޮމޯޝަނުގެ އިތުރު ހަރަކާތްތަކެއް މި މުއްދަތުގެ ތެރޭގައި މާލެ ނޯތު ހާބާގައި ކުރިއަށްދާނެ
 
މި ޕްރޮމޯޝަނަކީ އެ ކުންފުނީގެ ކޭޝް ކަސްޓަމަރުންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ޕްރޮމޯޝަނެއް
 
ޕްރޮމޯޝަން ފަށާފައިވަނީ ޑިސެމްބަރު 10 ވަނަ ދުވަހު

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ލިމިޓެޑް (އެމްޓީސީސީ) އިން ކޮންމެ އަހަރަކު ކުރިއަށްގެންދާ "ކަށަވަރު" ޕްރޮމޯޝަން ޑިސެމްބަރު 10 ވަނަ ދުވަހު ފަށާފައިވާއިރު މި ޕްރޮމޯޝަނުގެ ތެރެއިން ހުރިހާ ސާމާނަކުން ބޮޑެތި ޑިސްކައުންޓެއް ލިބިގެންދާނެ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އަންނަ އަހަރުގެ 10 ޖެނުއަރީ މަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮމޯޝަނުގައި ސުޒުކީ އިންޖީނާއި ޔަންމާ އަދި ސުޒުކީ ސްޕެއަރ ޕާޓުތަކާއި، އިންޑަސްޓްރިއަލް ގޭހުގެ އިތުރުން ޕީޕީ މެރިން ކޯޓިން އާއި އޮޑި ދޯނި ފަހަރަށް ބޭނުންވާ ތަފާތު ސާމާނުތަކުން ޑިސްކައުންޓް ލިބިގެންދާނެއެވެ.

އެމްޓީސީސީން ބުނީ މި ޕްރޮމޯޝަނަކީ އެ ކުންފުނީގެ ކޭޝް ކަސްޓަމަރުންނަށް ޚާއްޞަކޮށްގެން ކުރިއަށްގެންދާ ޕްރޮމޯޝަނެއް ކަމަށާއި ޕްރޮމޯޝަނުގެ އިތުރު ޙަރަކާތްތަކެއް މި މުއްދަތުގެ ތެރޭގައި މާލެ ނޯތު ހާބާގައި ކުރިއަށްދާނެކަމަށް އެމްޓީސީސީން ބުނެއެވެ.

އެމްޓީސީސީން ބުނީ އެކުންފުނީގެ ޢަމާޒަކީ އަބަދުވެސް ކަސްޓަމަރުންނަށް ލުއި ފަސޭހަ ގޮތްތައް ހޯދައިދިނުން ކަމަށެވެ. އެގޮތުން ކޮންމެ އަހަރަކު ވެސް އެކި ޕްރޮޑަކްޓްތަކުން ކަސްޓަމަރުންނަށް ލުއި ފަސޭހަ ޕްރޮމޯޝަންތައް ބޭއްވުމާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އެމްޓީސީސީގެ ކަސްޓަމަރުންނާ ބައްދަލުކޮށް ޓްރެއިނިންގ އަދި މަޢުލޫމާތު ދިނުމުގެ ޙަރަކާތްތައް އެކުންފުނިން އަބަދުވެސް ރާވާ ހިންގަމުން ދާކަމަށް އެމްޓީސީސީން ބުނެއެވެ.

އެމްޓީސީސީން "ކަށަވަރު ޕްރޮމޯޝަން" ބާއްވާ މިއީ ފަސް ވަނަ އަހަރެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ސިނަމާލެ ބްރިޖުމަތީ ހެލްމެޓް ނާޅާ ސައިކަލު ދުއްވި ދެ ޒުވާނުން ޖޫރިމަނާކޮށްފި
ޗައިނާގެ 1.37 ބިލިއަން ޑޮލަރުގެ ދަރަނި ރީސްޓްރަކްޗަރ ނުކުރާނެކަމަށް އެ ގައުމުން ބުނެފި
އައްޑޫ އާއި ކުޅުދުއްފުށީގެ ކަރަންޓުގެ މައްސަލަ އަށް ކުރިއަށް އޮތް މަހެއްހާ ދުވަސްތެރޭގައި ހައްލެއް ހޯދައިދޭނަން - ފެނަކަ
މުވާސަލަތުގެ ރަސްމަގަށް ރާއްޖެ ހުޅުވާލަދީ، ދިވެހީންގެ އުފެއްދުންތަކަށް މާކެޓް ހޯދޭނެ މަގު ފަހިކޮށްދޭނަން - ރައީސް
އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރެއްވުމުން އެނގެނީ އަވަސް މުސްތަގުބަލެއްގައި ގޯތިތައް ހަވާލުކުރުމުގެ ވިސްނުމެއް މި ސަރުކާރުގެ ނެތްކަން - މީކާއީލް
ޒަކާތް ދިނުމަކީ މުދާ ތާހިރުވެ، ބަލިތަކަށް ޝިފާލިބޭ ކަމެއް - ޚުތުބާ
އެއަރޕޯޓުގެ މުވައްޒަފުންގެ ބައިވެރިވުމާއެކު ރާއްޖެއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި