ކ. މާލެ
|
12 ޑިސެންބަރ 2019 | ބުރާސްފަތި 14:15
ގާސިމް ހަސަން މަރާލާފައިވަނީ މިދިޔަ ބުދަ ދުވަހުގެރޭ
ގާސިމް ހަސަން މަރާލާފައިވަނީ މިދިޔަ ބުދަ ދުވަހުގެރޭ
އަވަސް.އެމްވީ
ޑްރައިވަރ ޤާސިމް ގެ މަރު
ޑްރައިވަރ ޤާސިމް މެރުމަށް ބޭނުންކުރި ހަތިޔާރާއި އިތުރު ހެކި ހޯދިއްޖެ: ފުލުހުން
 
ހަތިޔާރު ފެނިފައިވަނީ އޭނާގެ ހަށިގަނޑު ފެނުނު ސަރަޙައްދާއި 300 މީޓަރު ދުރުން
 
މީހަކު ހައްޔަރު ކޮށްފައެއްނުވޭ
 
މަރާލާފައި އޮއްވާ ފެނުނީ މިދިޔަ ހަފްތާގެ ބުދަ ދުވަހު

ތޫނު އެއްޗަކުން ހަމަލާދީ މަރާލި ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މެރުމަށް ބޭނުންކުރި ހަތިޔާރު ހޯދިއްޖެކަމަށް ފުލުހުން ބުނެފިއެވެ.

އެކަމާ ގުޅޭގޮތުން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ގާސިމް ހަސަން މެރުމަށް ބޭނުންކުރި ހަތިޔާރު ހޯދިފައިވާ ކަމަށާއި، އެ މައްސަލައިގެ ތަޙުޤީޤުގައި ފުލުހުންނަށް ކުރިއެރުމެއް ލިބިއްޖެ ކަމަށެވެ. އެގޮތުން ޤާސިމްއަށް ހަމަލާ ދިނުމަށް ބޭނުންކުރި ހަތިޔާރު އޮތީ އެ ސަރަހައްދު މަގުގެ އެއް ފަރާތުގައި ހުރި ގަސްގަނޑެއްގެ ތެރޭގައި ކަމަށް ހަމީދު ވިދާޅުވިއެވެ.

އޭގެއިތުރުން، ޤާސިމް މަރާލުމަށް ބޭނުންކުރި ހަތިޔާރު ފެނިފައިވަނީ އޭނާގެ ހަށިގަނޑު ފެނުނު ސަރަޙައްދާއި 300 މީޓަރު ދުރުން ކަމަށާއި، އެ ސަރަޙައްދުން ފުލުހުންނަށް މި މައްސަލައިގެ ތަޙުޤީޤާއި ގުޅުންހުރި މުހިއްމު ހެކިތަކެއް ލިބިފައިވާ ކަމަށް ޓްވީޓުގައި ވިދާޅުވެފައިވެއެވެ. އެގޮތުން މައްސަލައާއި ގުޅުންހުރި ފިންގަރ ޕްރިންޓާއި ޑީއެންއޭ ފެނިފައިވާކަމަށް ހަމީދު ވިދާޅުވި އެވެ.

ހަމީދު ވިދާޅުވީ އެ ހެކިތަކުގެ މައްޗަށް ބިނާކޮށް މި މައްސަލައާއި ގުޅުންހުރި ފަރާތްތައް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، ޤާސިމްގެ ޓެކްސީ ދަތުރުކުރި މަގުތައްވެސް ދެނެގަނެވިފައިވާކަމަށެވެ.

ގްރޫޕެއްގެ ޝިކާރަޔަކަށްވި އުމުރުން 59 އަހަރުގެ ގާސިމް މަރާލާފައި އޮއްވާ ފެނިފައިވާކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ މިދިޔަ ހަފްތާގެ ބުދަ ދުވަހުގެރޭގެ ވަގުތެއްގަ އެވެ.

އޭނާގެ މަރާއި ގުޅިގެން މީހަކު ހައްޔަރު ކޮށްފައިނުވާތީ ފުލުހުންނަށް ފާޑުކިޔުންތައް ވަނީ ވަރަށް ބޮޑަށް އަމާޒުވެފައެވެ. އެ މަރުގެ ފަހަތުގައިވާ ގާތިލުންނަށް މަރުގެ އަދަބު ދިނުމަށް ޓެކްސީ ޑްރައިވަރުންގެ އެސޯސިއޭޝަނުން ވަނީ ގޮވާލާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
85%
0%
8%
0%
8%
ކޮމެންޓް