އާޖެންޓީނާއާއި ސައިޕްރަސް އަދި ނެދަލެންޑްސް އިން ރާއްޖެއަށް ކަނޑައެޅި ސަފީރުންގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙަ އަރުވައިފިއެވެ.
އާދީއްތަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ޚާއްޞަ ހަފުލާގައި އާޖެންޓީނާއިން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރުގެ ފަތްކޮޅު ރައީސަށް އެރުއްވީ އާޖެންޓީނާގެ އާ ސަފީރު ޑެނިއަލް ޗުބުރުއެވެ.
އަދި ސައިޕްރަސް އިން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރުގެ ފަތްކޮޅު ރައީސަށް އެރުއްވީ އެޤައުމުގު އާ ސަފީރު އަގިސް ލޮއިޒޫއެވެ. މީގެ އިތުރުން ނެދަލެންޑުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ތަންޔާ ގޮންގްރިޖްޕް ވަނީ އޭނާގެ ސަފީރުގެ ފަތްކޮޅު ވެސް ރައީސްއަށް އަރުއްވާފައެވެ.
މި ތިން ސަފީރުންނަށް ވަނީ ރަސްމީ ޢިއްޒަތުގައި މަރުޙަބާ ދަންނަވާފައެވެ.