Advertisement
ކ. މާލެ
|
8 ޑިސެންބަރ 2019 | އާދީއްތަ 09:26
ހުޅުމާލޭ ހޮސްޕިޓަލް
ހުޅުމާލޭ ހޮސްޕިޓަލް
ގޫގުލް
ހުޅުމާލޭ ހޮސްޕިޓަލް
ޗައިނާގެ އެހީތެރިކަމާއެކު ހުޅުމާލޭ ހޮސްޕިޓަލުގައި ލޮލުގެ ބަލިތަކަށް ޚާއްސަ ސެންޓަރެއް ހުޅުވަނީ
ހޮސްޕިޓަލް ހުޅުވަނީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން
ޖެނުއަރީ މަހުގެ ކުރީކޮޅުގައި މި ސެންޓަރު ހުޅުވާނެ
1417 އަށް ގުޅުއްވައިގެން ސްކްރީނިންގ އެޕޮއިންޓްމަންޓް ހެއްދޭނެ

އަންނަ އަހަރުގެ ޖެނުއަރީ މަހުގައި ހުޅުމާލޭ ހޮސްޕިޓަލުގައި ލޮލުގެ ބަލިތަކަށް ޚާއްސަ ސެންޓަރެއް ހުޅުވުމަށް ހަމަޖެހިއްޖެއެވެ.

އެކަމާބެހޭގޮތުން ހުޅުމާލޭ ހޮސްޕިޓަލުން ބުނީ، ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ޖެނުއަރީ މަހުގެ ކުރީކޮޅުގައި މި ސެންޓަރު ހުޅުވުމަށް ހަމަޖެހިފައިވާ ކަމަށާއި، ސެންޓަރު ހުޅުވުމުގެ ގޮތުން ލޮލުގެ ބަލިތަކަށް ޚާއްޞަކޮށްގެން ކޭމްޕެއްވެސް ބާއްވާނެ ކަމަށެވެ.

ޗައިނާގެ މެޑިކަލް ޓީމަކާއި ހުޅުމާލޭ ހޮސްޕިޓަލް ގުޅިގެން ބާއްވާ މި ކޭމްޕުގައި ލޮލުގެ ފުސްކެހުމާއި، ގުލުކޯމާ، ހަކުރުބަލީގެ ސަބަބުން ލޮލަށް ލިބޭ ގެއްލުންތައް އަދި ލޮލުގެ ކޮއިގެ ތަފާތު ބަލިތަކަށް ފަރުވާ ދިނުމުގެ އިތުރުން، ލޮލުގެ ނަންބަރު ނަގާ އައިނު ހައްދައިދިނުން ހިމެނޭކަމަށް އެ ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.

Advertisement

އެގޮތުން މި ކޭމްޕުގައި ފަރުވާ ދިނުމަށް މިހާރުވެސް ބަލި މީހުން ސްކްރީން ކުރަމުންދާއިރު، އެ ހޮސްޕިޓަލުގެ ނަންބަރު 1417 އަށް ގުޅުއްވައިގެން ސްކްރީނިންގ އެޕޮއިންޓްމަންޓް ހެދުމަށް ވަނީ ހުޅުވާލެވިފައެވެ.

ތަފާތު ގިނަ ޚިދުމަތްތައް ލިބޭގޮތަށް މި ސެންޓަރު ހުޅުވުމަށްފަހު ޗައިނާގެ މެޑިކަލް ޓީމެއް ސެންޓަރުގައި ފަރުވާދޭގޮތަށް ވަނީ ހަމަޖެހިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް