ކ. މާލެ
|
7 ޑިސެންބަރ 2019 | ހޮނިހިރު 08:12
މަޓާޓޯ ޓްރެވަލް އެވޯޑްސް 2018ގެ ހަފުލާ ތެރެއިން
މަޓާޓޯ ޓްރެވަލް އެވޯޑްސް 2018ގެ ހަފުލާ ތެރެއިން
ޓްވިޓަރ/އޫރިދޫމޯލްޑިވްސް
ޓްރެވަލް އެވޯޑްސް
ޓްރެވަލް އެވޯޑްސް މި މަހުގެ 19 ވަނަ ދުވަހު ކްރޮސްރޯޑްސް މޯލްޑިވްސްގައި!
މަޓާޓޯ ޓްރެވަލް އެވޯޑްސްގައި 25 ދާއިރާއަކުން ވޯޓު ދޭން ނިންމާފައިވޭ
ރިސޯޓުތަކަށާއި ފަތުރުވެރިކަމުގެ ސިނާއަތާއި ގުޅުންހުރި 236 ފަރާތަކުން ވާދަކުރާ ކަމަށް މަޓާޓޯއިން ބުނޭ
މިއީ މަޓާޓޯ އިން 2012 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ އެވޯޑެއް

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންސީސް އެންޑް ޓުއަރ އޮޕަރޭޓަރސް (މަޓާޓޯ) މޯލްޑިވްސް ޓްރެވަލް އެވޯޑުގެ ގާލާ މިމަހުގެ 19 ވަނަ ދުވަހު ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވުމަށް ނިންމައިފިއެވެ.

މަޓާޓޯ ޓްރެވަލް އެވޯޑްސް 2019 ގެ ކެޓަގަރީތަކަށް ގިނަ ޢަދަދަކަށް ކުރިމަތިލާފައިވާ ކަމަށާއި އެވޯޑު ދޭނީ ޖަޖުންގެ މާރކްސް އާއި އޮންލައިން އަދި އެސްއެމްއެސް ވޯޓުން އެންމެ ގިނަ މާރކްސް ލިބޭ ފަރާތްތަކަމަށް މަޓާޓޯ އިން ބުނެއެވެ.

މަޓާޓޯ ޓްރެވަލް އެވޯޑްސްގައި 25 ދާއިރާއަކުން ވޯޓު ދޭން ނިންމާފައިވާއިރު ރިސޯޓުތަކަށާއި ފަތުރުވެރިކަމުގެ ސިނާޢަތާއި ގުޅުންހުރި 236 ފަރާތަކުން ވާދަކުރާ ކަމަށް މަޓާޓޯއިން ބުނެއެވެ.

މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ގާލާ އެޑިޝަނަކީ ހޮޓެލްތަކާއި، ރިސޯޓުތަކާއި، ޓްރެވަލް މަރުކާތަކުގެ އިތުރުން އެއަރލައިނުތަކާއި ލިވްއަބޯޑުތަކަށް ޚާއްޞަ އެޑިޝަނެވެ.

މިދިޔަ އަހަރު މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ގާލާ އެޑިޝަން ބާއްވާފައިވަނީ ޕެރެޑައިސް އައިލެންޑް ރިސޯޓުގައެވެ. މަޓާޓޯ އިން ވަނީ މިދިޔަ އަހަރު ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ހަތަރު ފަރާތަކަށް، އެ މީހުންގެ މަސައްކަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން ޕީޕަލްސް އެޑިޝަން އެވޯޑު ދީފައެވެ. މި އެވޯޑު ލިބިފައިވަނީ އަލީ އަހުމަދު (ވިސްތާ އަލީ)، އިސްމާއިލް ހަމީދު (ހައިރައިޒް އިއްސެ)، ހުސައިން ވަހީދުގެ އިތުރުން މާކް ހެއިރްއަށެވެ.

މިއީ މަޓާޓޯ އިން 2012 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ އެވޯޑެކެވެ.

- ކޮމެންޓް