Advertisement
ކ. މާލެ
|
6 ޑިސެންބަރ 2019 | ހުކުރު 00:21
އެމްއާރްއެމްގެ ލޯގޯ
އެމްއާރްއެމްގެ ލޯގޯ
ޔޫސުފް ސޮފްވާން ރަޝީދު
އެމްއާރްއެމް
ކައުންސިލް އިންތިޚާބުގަ ވީހާވެސް ގިނަ އަންހެނުން ވާދަ ކުރަން އެމްއާރްއެމުން ގޮވާލައިފި
ކައުންސިލްތަކުގައި އަންހެނުންނަށް 33 އިންސައްތަ ކަނޑައެޅިފައިވޭ
އަންހެނުން ސިޔާސި މައިދާނުގައި ހަރަކާތްތެރިވެ ބަސްބުނުމަށް ފުރުސަތު ލިބޭނެ
އެމްއާރްއެމް އިން އަންހެނުންނަށް ފުރުސަތު ހޯދައި ދިނުމަށް މަސައްކަތް ކުރާނެ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގަ ވީހާވެސް ގިނައިން އަންހެނުން ބޭފުޅުން ވާދަ ކުރުމަށް މޯލްޑިވްސް ރިފޯރމް މޫވްމަންޓް (އެމްއާރްއެމް) އިން ގޮވާލައިފިއެވެ.

ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އަށް އިޞްލާޙުގައި ކައުންސިލުތަކުގައި އަންހެނުންނަށް 33 އިންސައްތަ ކަނޑަޅުމާއި ގުޅިގެން އެމްއާރްއެމުން ޢާންމުކުރި ބަޔާނުގަ ވަނީ، ކައުންސިލުތަކުގައި އަންހެނުންނަށް ޚާއްޞަ ކުރެވިފައިވާ ވަކި ނިސްބަތެއް ކަނޑައެޅިގެން ދިއުމުން މިމުނާސަބަތުގައި އަންހެނުންނަށް މަރުޙަބާ ކިޔާފައެވެ، އެމްއާރްއެމުން އެކަން ސިފަކުރަނީ ދިވެހި އަންހެނުންނަށް ސިޔާސި މައިދާނުގައި ހަރަކާތްތެރިވެ، ބަސްބުނަން ލިބިގެންދާނެ އިތުރު ފުރުސަތުތެގެ ގޮތުގައެވެ.

Advertisement

އެމްއާރްއެމުން އިތުރަށް ބުނީ، ލާމަރުކަޒީ ޤާނޫނަށް މިފަދަ އިޞްލާޙެއް ގެނެވުމުން، ސިޔާސީ މައިދާނުގައި އަންހެނުންގެ ބައިވެރިވުން އިތުރުވެ، ކަންކަން ނިންމުމުގައިވެސް ކުރީ ސަފުގައި އަންހެނުން ފެންނާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ. އަދި މި ފުރުޞަތުގެ ފުރިހަމ ބޭނުންހިފައި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ވީހާވެސް ގިނަ އަންހެނުން ވާދަ ކުރުމަށް އެމްއާރްއެމުން ވަނީ ގޮވާލާފައެވެ.

އެމް.އާރް.އެމް ގެ ބަޔާނުގައި ބުނެފައިވަނީ، އެ ޕާޓީގެ ޢަސާސީ ޤަވާޢިދުގައި، އެ ޕާޓިގެ ހުރިހާ ކޮމެޓީއެއްގަވެސް 50 އިންސައްތަ އަންހެނުން ހިމަނަން ކަނޑައެޅާފައިވާ ކަމަށާއި، ސިޔާސީ މައިދާނުގައި އަންހެނުން ހަރަކާތްތެރި ވުމަށް ފުރުސަތު ހޯދައި ދިނުމަށް އަބަދުވެސް އެޕާޓީން މަސައްކަތް ކުރާނެކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް