ކ. މާލެ
|
5 ޑިސެންބަރ 2019 | ބުރާސްފަތި 18:58
ޕްރިޔަންކާ ޗޯޕްރާ
ޕްރިޔަންކާ ޗޯޕްރާ
އިންޑިއަން އެކްސްޕްރެސް
ބޮލީވުޑް
އައިއެމްޑީބީގެ ލިސްޓުގެ އެއްވަނައިގައި ޕްރިޔަންކާ
ދެވަނައިގައި ހިމެނެނީ ދިޝާ ޕަޓާނީ
ތިން ވަނައިގައި ވަނީ ރިތިކް ރޯޝަން

އިންޑިއާގެ މުނިފޫހި ފިލުވުމުގެ ދާއިރާގެ ތަރިންގެ ތެރެއިން އިންޓަނެޓް މޫވީ ޑޭޓާބޭސް (އައިއެމްޑީބީ) ލިސްޓުގެ އެއްވަނައިގައި ބޮލީވުޑް އަދި ހޮލީވުޑްގެ ފިލްމީ ތަރި ޕްރިޔަންކާ ޗޯޕްރާ ޖޯންސް ހިމެނިއްޖެ އެވެ.

މި ލިސްޓްގެ ޓޮޕް 10 ގައި ހިމެނިފައި މިވަނީ މުޅި އަހަރުގެ ތެރެއިން ކޮންމެ ހަފުތާއެއްގެ ވެސް ސްޓާރ މީޓަރ ރޭންކިންގައި އެންމެ މަތީގައި ހިމެނޭ ތަރިންނަށް ބަލާފައެވެ.

މި ލިސްޓުގެ ދެވަނައިގައި "ބާރަތު" އިން ފެނިގެންދިޔަ ތަރި ދިޝާ ޕަޓާނީ ހިމެނޭއިރު ތިންވަނައިގައި ހިމެނިފައިވަނީ "ވޯރ" ގެ ތަރި ރިތިކް ރޯޝަންއެވެ. ހަތަރު ވަނައިގައި ކިއާރާ އަދުވާނީ ހިމެނިފައިވާއިރު ފަސް ވަނައިގައި އަކްޝޭ ކުމާރު އަދި ހަވަނައިގައި ހިމެނިފައިވަނީ ސަލްމާން ޚާން އެވެ.

ސަލްމާންގެ ބާރަތުގެ ކޯ ސްޓަރ ކެތުރީނާ ކައިފަށް 8 ވަނައިގައި ހިމެނިފައިވާއިރު 7 ވަނައިގައި ވަނީ އާލިއާ ބަޓް އެވެ. މި ލިސްޓުގެ ނުވަ ވަނައިގައި ރަކުލް ޕްރީތް އޮތް އިރު ދިހަ ވަނައިގައި އޮތީ ސޮބީތާ ދުލިޕާލާ އެވެ.

އައިއެމްޑީބީއަކީ ކޮންމެ މަހަކުވެސް 2 މިލިއަނަށް ވުރެ ގިނަ މީހުން ވަންނަ ޕޭޖެކެވެ.

- ކޮމެންޓް