Advertisement
ކ. މާލެ
|
5 ޑިސެންބަރ 2019 | ބުރާސްފަތި 09:13
ކޯޓު އޮފިސަރުންގެ ތަމްރީނު ޕްރޮގްރާމް ނިންމާލުމުގެ ރަސްމިއްޔާތުގެ ތެރެއިން
ކޯޓު އޮފިސަރުންގެ ތަމްރީނު ޕްރޮގްރާމް ނިންމާލުމުގެ ރަސްމިއްޔާތުގެ ތެރެއިން
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން
ޑީޖޭއޭ
ކޯޓު އޮފިސަރުންގެ ތަމްރީނު ޕްރޮގްރާމް ނިންމާލައިފި
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ރައީސް ޙިސާން ޙުސައިން
ޖުމްލަ 42 ބައިވެރިން ތަމްރީން ޕްރޮގްރާމްގައި ބައިވެރިވި
މި ޕްރޮގްރާމް ކުރިއަށްގެންގޮސްފައިވަނީ ދެ ދުވަހަށް

މެޖިސްޓްރޭޓް ކޯޓުތަކުގެ ކޯޓު އޮފިސަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ "ކޯޓު އޮފިސަރުންގެ ތަމްރީނު ޕްރޮގްރާމް" ނިންމުމުގެ ރަސްމިއްޔާތު ބުދަ ދުވަހު ބާއްވައިފިއެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ރައީސް ޙިސާން ޙުސައިންއެވެ.

މި ޕްރޮގްރާމްގެ ބައިވެރިންނާ މުޚާތަބުކުރައްވައި ޝަރަފުވެރި މެހުމާނު އަލްއުސްތާޛާ ޙިސާން ޙުސައިން ދެއްކެވި ވާހަކަފުޅުގައި، ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތް އެންމެ ފުރިހަމަގޮތުގައި ފޯރުކޮށްދެވޭނީ ތަޖުރިބާ އާއި ތަމްރީނު ލިބިގެންކަން ފާހަގަކުރެއްވިއެވެ. އަދި ކޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަކީ މަސައްކަތަށް ޤާބިލު ބަޔަކަށް ހެދުމަށް ޓަކައި ކުރިއަށް އޮތްތަނުގައި މަސައްކަތުގެ ދާއިރާއިން ލިބެންޖެހޭ ތަމްރީނާއި ތަޖުރިބާ ލިބިދެވޭނެހެން ޕްލޭންކޮށްގެން ތަމްރީނު ޕްރޮގްރާމްތައް ކުރިއަށް ގެންދަވާނެކަމަށް ވިދާޅުވިއެވެ. އަދި ކޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަކީ ކޯޓަށް އަންނަ ކޮންމެ މީހަކާމެދު އިޙްތިރާމާއި އަދަބުވެރިކަމާއެކު މުޚާތަބުކުރާ ބަޔަކަށްވުމަށް އިލްތިމާސްކުރެއްވިއެވެ.

Advertisement

ޑިސެންބަރު 3 އިން 4 އަށް ކުރިއަށް ގެންދެވުނު މި ޕްރޮގްރާމަކީ ހުރިހާ ކޯޓެއްގައި ވެސް ކޯޓު އޮފިސަރުން ޢަމަލުކުރާ ގޮތް އެއްގޮތް ކުރުމެވެ. އަދި ޢަދުލުއިންސާފާ ހަމައަށް ވާސިލުވުމުގައި ރާއްޖޭގެ ހުރިހައި ކަންކޮޅުތަކެއްގައި ވެސް އެއްހަމައަކުން އެންމެންނާ މެދު ޢަމަލުކުރެވޭނެ ފަދައަކުން ހުރިހައި ކޯޓު އޮފިސަރުން ވަޒީފާގެ މާޙައުލަށް އަހުލުވެރިކޮށް ކަމާގުޅޭ މަޢުލޫމާތާއި ތަޖުރިބާތައް ޙިއްޞާކުރުމެވެ.

ޖުމްލަ 42 ބައިވެރިންނާއެކު ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދެވުނު މި ޕްރޮގްރާމްގެ ސެޝަންތައް ނަންގަވައިދެއްވީ ސިވިލް ކޯޓުގެ އިސް ޤާޟީ އަލްއުސްތާޛު ޢަބްދުﷲ ޢަލީއާއި، ސިވިލް ކޯޓުގެ ރަޖިސްޓްރާރ އަލްއުސްތާޛު އަޙްމަދު ޢަބްދުލްމަތީންއާއި، ޑިޕާޓްމަންޓުގެ އިންސްޕެކްޓަރ ޖެނެރަލް އަލްފާޟިލް މުޙައްމަދު ޝުޖާއު އަދި ޑިޕާޓްމަންޓުގެ އެސިސްޓެންޓް ޗީފް ކޯޓް މާސްޓަރ އަލްފާޟިލް އަޙްމަދު ނާޝިދުއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 19 ގަޑިއިރު ކުރި
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް