Advertisement
ކ. މާލެ
|
4 ޑިސެންބަރ 2019 | ބުދަ 23:44
ނައިބު ރައީސް ފައިސަލް ނަސީމް އިންޑިއާއަށް ވަޑައިގަތުމުގެ ކުރިން ވެލާނާ އެއަރޕޯޓުގައި
ނައިބު ރައީސް ފައިސަލް ނަސީމް އިންޑިއާއަށް ވަޑައިގަތުމުގެ ކުރިން ވެލާނާ އެއަރޕޯޓުގައި
ރައީސް އޮފީސް
ނައިބު ރައީސް ފައިސަލް ނަސީމް
ނައިބު ރައީސް ރަސްމީ ދަތުރުފުޅެއްގައި އިންޑިޔާއަށް ވަޑައިގެންފި
ކެރަލާ އަދި ކަރުނާޓަކާ ސްޓޭޓަށް ޒިޔާރަތްކުރެއްވުމަށް ހަމަޖެހިފައިވޭ
އިންޑިޔާގައި ދިރިއުޅޭ ދިވެހި ޢާއިލާތަކާ ބައްދަލުކުރެއްވުމަށް ވެސް މި ދަތުރުފުޅުގައި ހަމަޖެހިފައިވޭ

ނައިބު ރައީށް ފައިޞަލް ނަސީމް، ތިން ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި އިންޑިޔާއަށް ވަޑައިގެންފިއެވެ.

ނައިބު ރައީސްގެ މިދަތުރުފުޅުގައި އެޤައުމުގެ ކެރަލާ އަދި ކަރުނާޓަކާ ސްޓޭޓަށް ޒިޔާރަތްކުރެއްވުމަށް ހަމަޖެހިފައިވެއެވެ. މިދަތުރުފުޅުގައި، ދެޤައުމުގެ ރައްޔިތުންގެ މެދުގައިވާ ޒަމާންވީ ގާތްގުޅުން އިތުރަށް ބަދަހި ކުރެއްވުމާއި ދެޤައުމުގެ ދޭދޭ ގުޅުންތައް ހަރުދަނާކުރެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެއެވެ.

Advertisement

މީގެ އިތުރުން މިދަތުރުފުޅުގައި އިންޑިޔާގައި ދިރިއުޅޭ ދިވެހި ޢާއިލާތަކާ ބައްދަލުކުރެއްވުމަށް ވެސް މި ދަތުރުފުޅުގައި ހަމަޖެހިފައިވެއެވެ.

ނައިބު ރައީސް އިންޑިއާއަށް ވަޑައިގެންފައިވާއިރު، އިންޑިއާއާއި ރާއްޖެއާ ދެމެދު ބުދަ ދުވަހު ވަނީ މުހިންމު 4 އެއްބަސްވުމެއް ބަދަލުކޮށްފައެވެ. މި އެއްބަސްވުންތައް ބަދަލުކޮށްފައިވަނީ ރައީސް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 19 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް