އެންމެ ފަހުގެ ފޯނުތައް އިންސްޓޯލްމަންޓް ޕްލޭން މެދުވެރިކޮށް ލިބޭގޮތަށް އުރީދޫއިން "އެކު" ނަމުގައި ޕޯސްޓްޕެއިޑް ޕެކޭޖުތަކެއް ތައާރަފްކޮށްފިއެވެ.
އެކަމާ ގުޅޭގޮތުން އުރީދޫއިން ބުނީ، އުރީދޫ އިން އަލަށް ތައާރަފްކޮށްފައިވާ "އެކު" ޕޯސްޓްޕެއިޑް ޕްލޭންތަކާއި އެކު، ކަސްޓަމަރުންނަށް ޑޭޓާ އެލަވަންސް އިތުރުވެ، އެންމެ ފަހުގެ މޮބައިލް ފޯންތައް އިންސްޓޯލްމަންޓް ޕްލޭންތަކުގެ ދަށުން ގަތުމުގެ ފުރުސަތު ލިބުމުގެ އިތުރުންވެސް ގިނަ ފަސޭހަތަކެއް ލިބިގެންދާ ކަމަށެވެ.
ރާއްޖޭގެ އެންމެ މަގްބޫލު ޕޯސްޓްޕެއިޑް ޕެކޭޖްތަކަށް އިތުރު ފުރިހަމަކަމެއް މިހާރު މިވަނީ ގެނެވިފައި. ކަސްޓަމަރުންގެ ތަފާތު އެކި ބޭނުންތަކަށް ބެލުމަށް ފަހު، އެންމެ ގުޅޭގޮތަށް އެކުލަވާލެވިފައިވާ ޕޯސްޓްޕެއިޑް ޕެކޭޖްތައް މެދުވެރިކޮށް، ކުރިޔަށް ވުރެ ގިނައިން ޑޭޓާ އެލަވަންސް ލިބި، ގިނަގުނަ ފައިދާތަކެއް ލިބިގެންދާނެ. "އެކު" ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް އުރީދޫ މޫލީ ބޭނުންކުރައްވައިގެން ޑިޖިޓަލްކޮށް ބާޒާރުކުރުމުގެ ޚިދުމަތާއި، އުރީދޫ އެޕް މެދުވެރިކޮށް ފަސޭހަކަމާއި އެކު ބިލް ދެއްކުމާއި، އުރީދޫ ނެކްސްޓް، ސޯޝަލް މީޑިޔާ އަދި ޗެޓްއިން ކަސްޓަމަރުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެވޭނެ.އުރީދޫގެ ޕޯސްޓްޕެއިޑް ބިޒްނަސް މެނޭޖަރ، ދިޔާނާ އަފީފް
"އެކު" ޕޯސްޓްޕެއިޑް ޕެކޭޖްތަކާއި އެކު ކަސްޓަމަރުންނަށް ލިބޭ ބައެއް ޚިދުމަތްތައް:
- ރާއްޖޭގެ އެންމެ ބޮޑު ޑޭޓާ އެލަވަންސްތައް
- އޮޕްޓިމައިޒް ކުރެވިފައިވާ ވީޑީއޯ ސްޓްރީމިންގ
- ވައިފައި ކޯލިންގ
- އެޗްޑީ ވޮއިސް މެދުވެރިކޮށް ކުރެވޭ އެންމެ ސާފުކޮށް އަޑު ފޯރުކޮށްދެވޭ ވޮއިސް ކޯލްތައް
- އީ-ސިމްގެ ޚިދުމަތް
- އެންމެ ފަހުގެ ފޯންތައް އިންސްޓޯލްމަންޓް ޕްލޭންތައް މެދުވެރިކޮށް
- ތަފާތު އެކި ކަސްޓަމަރުންގެ ބޭނުންތަކާ ގުޅޭގޮތަށް އެކުލަވާލެވިފައިވާ ޕްލޭންތައް
އޭގެއިތުރުން، "އެކު" ޕޯސްޓްޕެއިޑް 1000 ޕްލޭން އާއި އެއިން މަތީގެ ޕްލޭންތައް އިޚްތިޔާރުކުރާ ކަސްޓަމަރުންނަށް ކްލަބް ޕްރިމިއަރގެ ފައިދާތައްވެސް ލިބިގެންދާއިރު، ކްލަބް ޕްރިމިއަރ މެދުވެރިކޮށް ރާއްޖެ އާއި ރާއްޖޭން ބޭރުގެ ޕާޓްނަރުން ދޭ ހާއްސަ ޑިސްކައުންޓްތައް ލިބިގެންދާނެއެވެ. އަދި ކްލަބް ޕްރެމިއަރ ކަސްޓަމަރުންނަށް ހިލޭ ފޯރުކޮށްދެވޭ ލައިފް އިންޝުއަރެންސް ލިބުމުގެ އިތުރުން، ދުނިޔޭގެ އެކިކަންކޮޅުތަކުން 1300 އަށްވުރެ ގިނަ އެއަރޕޯޓް ތަކުގައިވާ ލައުންޖްތަކުން ޚިދުމަތް ހޯދުމަށް ބޭނުންކުރެވޭ "ޕްރަޔޮރިޓީ ޕާސް" ލިބިގެންދާނެ ކަމަށް އުރީދޫއިން ބުނެއެވެ.