Advertisement
ކ. މާލެ
|
4 ޑިސެންބަރ 2019 | ބުދަ 12:02
އިސްލާމިކް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
އިސްލާމިކް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
ރާއްޖެއެމްވީ
އިސްލާމިކް މިނިސްޓްރީ
އިސްލާމިކް މިނިސްޓްރީއާއި ހޯމް މިނިސްޓްރީން ބާއްވާ ކުޑަކުދިންގެ ހަވީރު މިއަދު!
އެކި އުމުރުފުރާގެ ކުދިންނަށް ބައިވެރިވެވޭނެ
އިވެންޓް ކުރިއަށްދާނީ އިސްލާމީ މަރުކަޒުގައި
ހަރަކާތްތަކުގައި ބައިވެރިވުން މުޅިން ހިލޭ

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއާއި މިނިސްޓްރީ އޮފް ހޯމް އެފެއާޒް ގުޅިގެން ކުރިއަށްގެންދާ ކުޑަކުދިންގެ ހަވީރު ބުދަ ދުވަހު ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

އެކަމާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަޙުމަދުﷲ ޖަމީލް ވިދާޅުވީ، މި އިވެންޓަކީ ރާއްޖެ އިސްލާމްވި ދުވަހާއި ގުޅިގެން ބޭއްވުމަށް ތައްޔާރުވި އިވެންޓެއް ކަމަށާއި، ކުޑަކުދިންނާއި ގުޅުންހުރި ދީނީ ހަރަކާތްތައް އިވެންޓް ތެރެއިން ކުރިއަށްދާނެ ކަމަށެވެ.

Advertisement

އެގޮތުން ކުޑަކުދިންނާއި ގުޅުންހުރި 13 ސްޓޯލެއް ބެހެއްޓިފައިވާނެ ކަމަށާއި، ބުދަ ދުވަހުގެ ހަވީރު 4:00 އިން ފެށިގެން 6:00 އަށް އިސްލާމީ މަރުކަރުގައި މި ހަރަކާތްތައް ކުރިއަށްދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރޭގަނޑުގެ ހަރަކާތްތައްވެސް 8:00 އިން 10:00 އަށް ކުރިއަށްދާއިރު، ކުޑަކުދިންނާއި ގުޅުންހުރި މާހައުލެއްގައި ދީނީ މައުލޫމާތުތައް ފޯރުކޮށްދެވިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިނިސްޓްރީން އިތުރަށް ބުނީ، މިނިސްޓްރީގެ ފަރާތުން ތަފާތު އުމުރުތަކާއި ގުޅޭގޮތަށް ދީނީ ފޮތްތައް ވިއްކަން ހުންނާނެ ކަމަށާއި، ހިލޭވެސް ބައެއް ފޮތްތައް ލިބެން ހުންނާނެ ކަމަށެވެ.

އަޅުގަނޑުމެންގެ މި ޕްރޮގްރާމަކީ އަބަދުވެސް ދީނީ ހޭލުންތެރިކަން އިތުރު ކުރުމުގެ ގޮތުން އަޅުގަނޑުމެން ކުރިއަށްގެންދާ ޕްރޮގްރާމްތަކެއް، އެހެންވީމާ ދީނީ ހޭލުންތެރިކަން އިތުރު ކުރުމަށްޓަކައި އަޅުގަނޑުމެންގެ ލުއި ފޮތްތަކާއި ލީފްލެޓްތަކާއި އެކަހަލަ މައުލޫމާތުތައްވެސް ލިބިވަޑައިގަންނަވާނެ، އާންމުކޮށް އިސްލާމިކް މިނިސްޓްރީން ބާއްވާ މިފަދަ ޕްރޮގްރާމް ތަކުގައި ދީނީ މައުލޫމާތު ދިނުމުގެ އިތުރުން މި ދެންނެވިހެން ޗާޕް ކުރެވިފައި ހުންނަ އެއްޗެހިވެސް ފޯރުކޮށްދެވިގެންދާނެ،
އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަހުމަދުﷲ ޖަމީލް
އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަހުމަދުﷲ ޖަމީލް

އޭގެ އިތުރުން، ރޭގަނޑުވެސް ތަފާތު ހަރަކާތްތައް ކުރިއަށްގެންދާއިރު، ޚާއްސަ ކަމެއްގެ ގޮތުން ޓެލެސްކޯޕް މެދުވެރިކޮށް ތަރިތައް ބަލާލުމުގެ ފުރުސަތު ސްޓޯލްގެ ބައިވެރިންނަށް ލިބިގެންދާނެ ކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.

ތަފާތު ހަދިޔާތައް ލިބޭގޮތަށް ރާވާފައިވާ މި ހަރަކާތްތަކުގައި ހިލޭ ބައިވެރިވެވޭއިރު، ހަރަކާތް ކުރިއަށްދާ ވަގުތުގައި އެކި އުމުރުފުރާގެ ކުދިންނަށް ބައިވެރި ވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 18 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް