ކެނެޑާގެ މޮންޓްރިއަލްގެ ބޮޑު ޝޮޕިންގ މޯލެއްގެ މަތިން ކުޑަ ދެ މަތިންދާ ބޯޓެއް ޖެހި ވެއްޓުމުގެ ހާދިސާގައި އެކަކު މަރުވެއްޖެއެވެ.
ކަމާ ބެހޭ ފަރާތްތަކުން ބުނީ ހުކުރު ދުވަހު ހިނގި މި ހާދިސާގައި އިތުރު ތިން މީހުން ޒަޚަމްވެފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެއް ބޯޓް ވެއްޓުނީ މޯލްގެ ފުރާޅު މައްޗަށް ކަމަށާއި އަނެއް ފްލައިޓް ވެއްޓުނީ އެ ސަރަހައްދުގެ ކާރު ޕާކު ކުރާ ސަރަހައްދަށް ކަމަށެވެ.
މަރުވެފައިވަނީ އެތަނުން އެއް ފްލައިޓްގެ ޕައިލެޓެކެވެ. މީގެ އިތުރުން އެކަކު ވަނީ ހޮސްޕިޓަލުގައި އެޑްމިޓްކުރެވިފައެވެ.
ކަމާ ބެހޭ ފަރާތްތަކުން ބުނީ ޕައިލެޓް ފިޔަވައި އެހެން އެއްވެސް މީހަކު ފްލައިޓްގައި ނެތް ކަމަށެވެ. ޒަހަމްވެގެން ފަރުވާ ދެމުން ގެންދަނީ އެއް ޕައިލެޓަށެވެ. ދެ ޕައިލެޓުން ފިޔަވައި އިތުރު މީހަކަށް މި ހާދިސާގައި ގެއްލުން ލިބިފައިވާ ކަމުގެ އެއްވެސް ރިޕޯޓެއް ލިބިފައެއް ނުވެއެވެ. މި ހާދިސާގައި ދެ ފްލައިޓް ވަނީ އެއްކޮށް ހަލާކުވެފައެވެ.
ކެނެޑާގައި މިފަދަ ކުދި ފްލައިޓްތައް އެކި ކަންކަމުގައި ވަރަށް ގިނައިން ބޭނުން ކުރެއެވެ. އެ ގޮތުން މުއްސަނދިންނާއި ބިޔަ ސަރަހައްދުތަކަށް ފެންޖެހުން ފަދަ ކަންކަމުގައި ވެސް މިފަދަ ކުދި މަތިންދާބޯޓު ބޭނުންކުރެއެވެ.