Advertisement
ކ. މާލެ
|
3 ޑިސެންބަރ 2019 | އަންގާރަ 09:23
ޔޫއޭއީގެ 48 ވަނަ ޤައުމީ ދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ޔޫއޭއީގެ 48 ވަނަ ޤައުމީ ދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ރައީސް އޮފީސް
ޔޫއޭއީގެ 48 ވަނަ ޤައުމީ ދުވަސް
ޔޫއޭއީގެ 48 ވަނަ ޤައުމީ ދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތު ނައިބްރައީސް ޝަރަފުވެރި ކޮށްދެއްވައިފި
ރާއްޖެއާއި ޔޫއޭއީގައި ސިޔާސީ ގުޅުން ޤާއިމުކޮށްފައި ވަނީ 15 މާރިޗު 1978ގައި
މަޖިލީހުގެ ރައީސް ނަޝީދާއި ކުރީގެ ރައީސް މައުމޫނުވެސް ބައިވެރިވެވަޑައިގެންނެވި
ޔޫއޭއީ އެމްބަސީގެ ފަރާތުން ނައިބް ރައީސަށް ވަނީ ހަނދާނީ ފިލައެއް އަރުވާފަ

ޔުނައިޓެޑް އެރެބް އެމިރޭޓްސްގެ 48 ވަނަ ޤައުމީ ދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތު ނައިބްރައީސް ފައިސަލް ނަސީމް ޝަރަފުވެރި ކޮށްދެއްވައިފިއެވެ.

ޔޫއޭއީގެ 48 ވަނަ ޤައުމީ ދުވަސް ފާހަގަ ކުރުމަށް ދަރުބާރުގޭގައި ބޭއްވި މި ރަސްމިއްޔާތުގައި ޔޫއޭއީ އެމްބަސީގެ ފަރާތުން ނައިބް ރައީސަށް ވަނީ ހަނދާނީ ފިލައެއް އަރުވާފައެވެ.

އޭގެ އިތުރުން، މި ރަސްމިއްޔާތުގައި ޔޫއޭއީއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. ސަޢީދު އަޙްމަދު އަލް ޝަމްސީއާއި ރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބުދުﷲ ޝާހިދު ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

Advertisement

ނައިބް ރައީސްގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާއި ކުރީގެ ރައީސް އަލް އުސްތާޛް މައުމޫން ޢަބުދުލް ޤައްޔޫމްވެސް މި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ.

ދިވެހިރާއްޖެއާއި ޔުނައިޓެޑް އެރެބް އެމިރޭޓްސްއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައި ވަނީ 15 މާރިޗު 1978 ގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް