ކ. މާލެ
|
2 ޑިސެންބަރ 2019 | ހޯމަ 19:39
ތާޕްސީ
ތާޕްސީ
ގޫގުލް
ތާޕްސީ
ބަންސާލީގެ ކުރިޔަށް އޮތް ފިލްމުގެ ލީޑަށް ތާޕްސީ!
ތާފްސީ އަންހެން ލީޑަށް ސޮއިކުރި ނަމަވެސް ފިރިހެން ލީޑު ކުޅޭ ތަރި އަދި ނޭންގޭ
އެ ފިލްމުގައި ތާޕްސީ ކުޅޭނީ ޑަބަލް ރޯލް

ބޮލީވުޑްގެ ކާމިޔާބު ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ ކުރިޔަށް އޮތް ފިލްމުގެ ލީޑު ރޯލު ކުޅުމަށް ބަތަލާ ތާޕްސީ ޕަންނޫ ސޮއިކޮށްފިއެވެ.

ޚަބަރުތައް ބުނާ ގޮތުގައި އެ ފިލްމުގައި އޭނާ ކުޅޭނީ ޑަބަލް ރޯލެކެވެ. އެ ފިލްމު ވެގެންދާނީ އޭނާ އެއް ފިލްމެއްގައި ތަފާތު ދެ ރޯލަކުން ފެންނާނެ ފުރަތަމަ ފިލްމަށެވެ.

ފިރިހެން ލީޑު ތަރި އަދި ހާމަކޮށްފައިނުވާ އެ ފިލްމަށް "ސިއާ ޖިއާ"ގެ ނަން ދީފައިވާއިރު، އެ ފިލްމުގެ ސްކްރިޕްޓް ލިޔެ ނިމިފައިވާ ކަމަށް ޚަބަރުތަކުން ބުނެއެވެ.

ބަންސާލީ އެ ފިލްމު ގެނެސްދެނީ ޝަބީނާ ޚާން އާ ގުޅިގެންކަމަށް އަޑުތައް ފެތުރިފައިވީ ނަމަވެސް، ފިލްމާއި ބެހޭ މާގިނަ ތަފުސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

ތާފްސީގެ ގިނަ ފިލްމުތަކެއް ކުރިޔަށް ވެސް ރިލީޒްވާން ހުރިއިރު އޭނާގެ ކާމިޔާބު ފިލްމުތަކެއް މިއަހަރުވެސް ވަނީ ރިލީޒްވެފައެވެ. އޭގެ ތެރޭގައި ގޭމް އޯވަރ އާއި ބަދުލާ އަދި މިޝަން މަންގަލް ފަދަ ފިލްމުތައް ފާހަގަކޮށްލެވެއެވެ.

- ކޮމެންޓް
2 ޑިސެންބަރ 2019 | ހޯމަ 21:48
ޔޫއްޕެ
މިކަމަކަށް އަހަންނަކަށް އޯކޭ އެއް ނުދެވޭނެ.