Advertisement
ކ. މާލެ
|
2 ޑިސެންބަރ 2019 | ހޯމަ 01:23
އުއްތަމަފަނޑިޔާރުކަމަށް އައްޔަން ކުރުމަށް ރުހުން ހޯދުމަށް މަޖިލީހަށް ފޮނުވި މުއުތަސިމް (ކ) އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަް ކުރަން ރުހުން ހޯދަން ފޮނުވި ސުއޫދު (ވ)
އުއްތަމަފަނޑިޔާރުކަމަށް އައްޔަން ކުރުމަށް ރުހުން ހޯދުމަށް މަޖިލީހަށް ފޮނުވި މުއުތަސިމް (ކ) އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަް ކުރަން ރުހުން ހޯދަން ފޮނުވި ސުއޫދު (ވ)
ރާއްޖެއެމްވީ
ސުޕްރީމް ކޯޓް
މުއުތަސިމާއި ސުއޫދަށް ރުހުން ހޯދަން މަޖިލީހަށް ނަން ފޮނުވައިފި
ދެ ބޭފުޅުންގެ ނަން މަޖިލީހަށް ފޮނުވީ އާދީއްތަ ދުވަހު
ސުޕްރީމް ކޯޓަށް އުއްތަމަފަނޑިޔާރާއި އިތުރު ފަނޑިޔާރަކު އައްޔަން ކުރަނީ އެ ދެ މަގާމު ހުސްވެފައިވާތީ
ޖޭއެސްސީން ވަނީ މި ދެބޭފުޅުން މަޤާމަށް ޢައްޔަން ކުރުމަށް "ހައިލީ ރެކޮމެންޑް" ކޮށްފައި

އުއްތަމަ ފަނޑިޔާރުކަމަށް އަޙްމަދު މުއުތަސިމާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ހުސްނުއްސުއޫދު އައްޔަން ކުރެއްވުމަށް، ރައްޔިތުންގެ މަޖިލީހަށް އެ ދެބޭފުޅުންގެ ނަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ފޮނުއްވައިފިއެވެ.

Advertisement

ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ އުއްތަމަފަނޑިޔާރުކަމަށް މ. ގުލްފާމްގެ އަޙްމަދު މުއުތަސިމް އަދުނާން އަދި ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމަށް ސ.މީދޫ، ހަސަންކާރިގެ ހުސްނުއްސުއޫދު އައްޔަންކުރުމަށްޓަކައި އެ ދެ ބޭފުޅުންގެ ނަންފުޅު ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ފޮނުއްވާފައިވާ ކަމަށެވެ.

އެ ދެބޭފުޅުންގެ ނަންފުޅު މަޖިލީހަށް ފޮނުއްވާފައިވާ އިރު، ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ އުއްތަމަ ފަނޑިޔާރުކަމަށް އަޙްމަދު މުއުތަސިމް އަދުނާން އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ހުސްނުއްސުއޫދުގެ ނަން ރައީސަށް "ހައިލީ ރިކޮމަންޑް" ކުރައްވާފައެވެ.

ޖޭއެސްސީން ބުނީ އުއްތަމަ ފަނޑިޔާރުގެ މަގާމަށް އައްޔަން ކުރުމަށް މަޝްވަރާއަށް އެދި ރައީސް ފޮނުއްވާފައިވާ އަޙްމަދު މުއުތަސިމް އަދުނާން އަކީ "ހައިލީ ރިކަމަންޑަށް" ކުރާ ބޭފުޅުއްކަމަށް ރައީސަށް ލަފާ ދިނުމަށާއި، ހުސްނުއްސުއޫދަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމަށް އައްޔަން ކުރުމަށް "ހައިލީ ރިކަމަންޑަށް" ކުރާ ބޭފުޅެއް ގޮތުގައި ރައީސަށް މަޝްވަރާ ދިނުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.

މީގެ އިތުރުން ރައީސް އެ ކޮމިޝަނަށް ފޮނުއްވި ނަންފުޅުތަކުގެ ތެރޭގައި ހިމެނޭ އަބްދުއްރައޫފް އިބްރާހީމާ ގުޅޭގޮތުން 3 ޝަކުވާއެއް ކޮމިޝަނަށް ލިބިފައިވާތީ، އެ ޝަކުވާތަކާމެދު ބަލަންޖެހޭ ބެލުންތައް ބެލުމަށްފަހު އެ ނަންފުޅާ މެދު ރައީސަށް މަޝްވަރާދިނުމަށް ނިންމާފައިވާ ކަމަށް ޖޭއެސްސީން ބުނެއެވެ.

ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރުކަމަށް އަދި އެ ކޯޓުގެ ފަނޑިޔާރު ކަމަށް ބޭފުޅަކަށް އައްޔަން ކުރަން ނިންމީ ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރުކަމުގައި ހުންނެވި ޑރ. އަހުމަދު އަބްދުﷲ ދީދީ މަގާމުން ވަކިކުރުމާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ މަޤާމުން ވަކިކުރުމާއި ގުޅިގެންނެވެ. މިދިޔަ އޯގަސްޓް މަހު ފަނޑިޔާރު ޢަބްދުﷲ ދީދީ ވެސް ވަނީ މަޤާމުން ވަކިކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް