Advertisement
ކ. މާލެ
|
2 ޑިސެންބަރ 2019 | ހޯމަ 00:24
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
ސުޕްރީމް ކޯޓް
މުއުތަސިމާއި ސުއޫދުގެ ނަން ޖޭއެސްސީން "ހައިލީ ރިކޮމަންޑް" ކޮށްފި
މުއުތަސިމާއި ސުއޫދުގެ ނަން ހައިލީ ރެކަމަންޑް ކުރި އިރު އަބްދުއްރައޫފާއި ގުޅޭ ޝަކުވާތަކެއް ލިބިފައިވާތީ އެ މައްސަލަ ދަނީ ބަލަމުން

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އަށް ފޮނުއްވި ނަންފުޅުގެ ތެރެއިން އުއްތަމަ ފަނޑިޔާރުކަމަށް އަޙްމަދު މުއުތަސިމް އަދުނާނާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ހުސްނުއްސުއޫދުގެ ނަން ރައީސުލްޖުމްހޫރިއްޔާއަށް "ހައިލީ ރިކޮމަންޑް" ކުރުމަށް އެ ކޮމިޝަނުން ނިންމައިފިއެވެ.

ޖޭއެސްސީން ބުނީ އުއްތަމަ ފަނޑިޔާރުގެ މަޤާމަށް ޢައްޔަން ކުރުމަށް މަޝްވަރާއަށް އެދި ރައީސް ފޮނުއްވާފައިވާ އަޙްމަދު މުއުތަސިމް އަދުނާނަކީ "ހައިލީ ރިކަމަންޑަށް" ކުރާ ބޭފުޅުއްކަމަށް ރައީސަށް ލަފާ ދިނުމަށާއި، ހުސްނުއްސުޢޫދަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަޤާމަށް ޢައްޔަން ކުރުމަށް "ހައިލީ ރިކަމަންޑަށް" ކުރާ ބޭފުޅެއް ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ މަޝްވަރާ ދިނުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.

Advertisement

މީގެ އިތުރުން ރައީސް އެ ކޮމިޝަނަށް ފޮނުއްވި ނަންފުޅުތަކުގެ ތެރޭގައި ހިމެނޭ އަބްދުއްރައޫފް އިބްރާހީމާ ގުޅޭގޮތުން 3 ޝަކުވާއެއް ކޮމިޝަނަށް ލިބިފައިވާތީ، އެ ޝަކުވާތަކާމެދު ބަލަންޖެހޭ ބެލުންތައް ބެލުމަށްފަހު އެ ނަންފުޅާ މެދު ރައީސަށް މަޝްވަރާދިނުމަށް ނިންމާފައިވާ ކަމަށް ޖޭއެސްސީން ބުނެއެވެ.

ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރުކަމަށް އަދި އެ ކޯޓުގެ ފަނޑިޔާރު ކަމަށް ބޭފުޅަކަށް ޢައްޔަން ކުރަން ނިންމީ ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރުކަމުގައި ހުންނެވި ޑރ. އަޙްމަދު ޢަބްދުﷲ ދީދީ މަޤާމުން ވަކިކުރުމާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ މަޤާމުން ވަކިކުރުމާއި ގުޅިގެންނެވެ. މިދިޔަ އޯގަސްޓް މަހު ފަނޑިޔާރު ޢަބްދުﷲ ދީދީ ވެސް ވަނީ މަޤާމުން ވަކިކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 20 ގަޑިއިރު ކުރި
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް