Advertisement
ކ. މާލެ
|
2 ޑިސެންބަރ 2019 | ހޯމަ 01:30
ރައީސް އޮފީހުގެ މިނިސްޓަރ އަހުމަދު ނަސީމް (ކެރަފާ ނަސީމް)
ރައީސް އޮފީހުގެ މިނިސްޓަރ އަހުމަދު ނަސީމް (ކެރަފާ ނަސީމް)
ރާއްޖެއެމްވީ
އިންޖީނިއަރުންގެ މަހާސިންތާ 2019
ފެނަކައިން ކުރިއަށް ގެންދިޔަ އިންޖިނިޔަރުންގެ މަހާސިންތާ ކާމިޔާބުކަމާއެކު ނިންމާލައިފި
އާންމު ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ފެނަކައިގެ ޚިދުމަތްތައް ފާހަގަކޮށްލެވޭ ކަމަށް ވިދާޅުވި
ފާއިތުވި 11 މަސް ތެރޭގައި ފެނަކައިން މުހިއްމު މަސައްކަތްތަކެއް ކޮށްފައިވާ ކަން ފާހަގަކުރެއްވި
އިޔާދަކުރަނިވި ހަކަތަ ބޭނުންކުރުމާއި ބެހޭ ލެޖިސްލޭޝަނެއް އޮތުމުގެ މުހިއްމުކަން ފާހަގަކުރެއްވި

ފެނަކަ ކޯޕަރޭޝަން އިން ކުރިއަށް ގެންދިޔަ އިންޖިނިއަރުންގެ މަހާސިންތާ 2019 ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

ފެނަކަ ކޯޕަރޭޝަނުން ކުރިއަށްގެންދިޔަ އިންޖިނިއަރުންގެ މަހާސިންތާ 2019 ނިންމުމުގެ ރަސްމިއްޔާތު އާދިއްތަ ދުވަހުގެރޭ ދަރުބާރުގޭގައި ބާއްވާފައިވާއިރު، މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އަޙްމަދު ނަސީމް (ކެރަފާ ނަސީމް) އެވެ.

Advertisement

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނަސީމް ވިދާޅުވީ، ސަރުކާރުން ކުރާ މަސައްކަތްތަކުގެ ތެރެއިން އެންމެ އަހަންމިއްޔަތުކަންދޭ ކަމަކީ ޢާންމު ރައްޔިތުންނަށް ދޭ ޚިދުމަތްތައް ކަމަށާއި، ޢާންމު ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ފެނަކައިގެ ޚިދުމަތްތައް ފާހަގަކޮށްލެވޭ ކަމަށެވެ. އަދި މިފަދަ މަހާސިންތާތައް ބާއްވައިގެން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް މިނިސްޓަރ ވަނީ ގޮވާލައްވާފައެވެ.

އޭގެ އިތުރުން، ރައްޔިތުންނަށް ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ފެނަކައިން ކުރާ މަސައްކަތްތަކަށް މަރުޙަބާ ވިދާޅުވެ ނަސީމް ވިދާޅުވީ، ފާއިތުވި 11 މަސް ދުވަހުގެ ތެރޭގައި ފެނަކައިން މުހިއްމު މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އަދި އެ މަސައްކަތްތަކުން ދައްކުވައިދެނީ ފެނަކައިގެ މުވައްޒަފުންގެ ހީވާގިކަން ކަމަށެވެ.

މިހާރު މައުލޫމާތު ލިބިފައި އޮތް ގޮތުން 63 ޖަނަރޭޓަރު މިހާރު އަލަށް އެތެރެ ކުރައްވައިފި ފެނަކައިން މި އަހަރުތެރޭގައި، އެހެންވީމާ 154 ރަށެއްގައި މިހާރު ސިންކްރޮނައިޒް ކުރެވި މިކަހަލަ ކަންތައްތަކަކީ ރަނގަޅު މުވައްޒަފުންތަކެއް ކުންފުނީގައި ތިބޭތީ ކުރެވޭ މަސައްކަތްތަކެއް، ވަރަށް ބޮޑު ކަންތައްތަކެއް މި ކުންފުނިން ހާސިލު ކުރެވިއްޖެކަމަށް އަޅުގަނޑު ޤަބޫލުކުރަނީ މިދިޔަ 11 ވަރަކަށް މަސް ދުވަހުގެ ތެރޭގައި،
ރައީސް އޮފީހުގެ މިނިސްޓަރ އަހުމަދު ނަސީމް (ކެރަފާ ނަސީމް)

ނަސީމް އިތުރަށް ވިދާޅުވީ، އިޔާދަކުރަނިވި ހަކަތަ ބޭނުންކުރުމާއި ބެހޭ ޤާނޫނެއް ވަރަށް އަވަހަށް ތައްޔާރުވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށާއި، ޤާނޫނީ ގޮތުން އެކަން ވަކި އުޞޫލެއްގެ ތެރޭގައި ހަމަޖެހިގެން ދިއުމަކީ މުހިއްމު ކަމެއް ކަމަށެވެ. އެގޮތުން ވަކި އުޞޫލުތަކާއި ހަމަތަކެއްގެ ދަށުން އެކަން ހަމަޖެހިއްޖެނަމަ އިޔާދަކުރަނިވި ހަކަތައަށް އިންވެސްޓް ކުރުމަށްވެސް މީހުންނަށް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ފެނަކައިން ކުރިއަށްގެންދިޔަ އިންޖިނިއަރިންގ މަހާސިންތާގައި އެ ކުންފުނީގެ އެކި ގޮފިތަކުގައި މަސައްކަތް ކުރައްވާ ފަރާތްތަކުން ބައިވެރިވެފައިވެއެވެ. އަދި މި މަހާސިންތާގައި ފެނަކަ ކުންފުނީގެ މަސައްކަތްތައް އިތުރަށް ފުޅާކޮށް، ޚިދުމަތްތައް ރަނގަޅު ކުރެވޭނެ ގޮތްތަކާމެދު ވަނީ މަޝްވަރާ ކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 20 ގަޑިއިރު ކުރި
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް