Advertisement
ކ. މާލެ
|
2 ޑިސެންބަރ 2019 | ހޯމަ 23:43
މަމްސް އެންޖީއޯގެ ލޯގޯ
މަމްސް އެންޖީއޯގެ ލޯގޯ
ފޭސްބުކް
މަމްސް އެންޖީއޯ
މަމްސް އިން ކުރިއަށްގެންދާ "ބެކް ޓު ސްކޫލް ކެމްޕެއިން" ލޯންޗުކޮށްފި
ބައިވެރިވުމުގެ ފުރުސަތު ޑިސެމްބަރު މަހުގެ 15 ގެ ނިޔަލަށް ހުޅުވާލާފައިވޭ
އެކަނިވެރި މައިންނާއި ދަރިން ބަލަމުންދާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެވިގެންދާނެ
މަމްސް އެންޖީއޯއަކީ މައިންނަށް ހާއްސަ ކުރެވިފައިވާ ޕްލެޓްފޯމްއެއް

މަމްސް އެންޖީއޯ އިން ކުރިއަށްގެންދާ "ބެކް ޓު ސްކޫލް ކެމްޕެއިން" ލޯންޗުކޮށްފިއެވެ.

ކެމްޕޭނާ ގުޅޭގޮތުން "ރާއްޖެއެމްވީ" އަށް މައުލޫމާތު ދެއްވަމުން މަމްސް އެންޖީއޯގެ ޓީމުން ބުނީ، މި ކެމްޕެއިނުގެ މަޤްސަދަކީ ދިވެހިރާއްޖޭގެ 39 ރަށަކުން 90 ދަރިވަރަކަށް ބޭނުންވާ ސުކޫލު ސާމާނު ފޯރުކޮށްދިނުން ކަމަށާއި، ކެމްޕޭން މެދުވެރިކޮށް އެކަނިވެރި މައިންނާއި ދަރިން ބަލަމުންދާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

Advertisement

މަމްސް އެންޖީއޯއިން ބުނީ، މައިންބަފައިން ނިޔާވުމުން ޢާއިލާތެރޭގައި ވަރަށް ދަތި ޙާލުގައި ބޮޑުވާ ކުދިން އުޅޭ ކަމަށާއި، މާލީ ގޮތުން އެހީތެރިކަން ބޭނުންވާ ޢާއިލާތައްވެސް ވަރަށް ގިނަ ކަމަށެވެ. އެގޮތުން މި ކެމްޕެއިން މެދުވެރިކޮށް ލިބޭ ތަކެތި އެ ޢާއިލާތަކަށް ފޯރުކޮށްދޭނެ ކަމަށް އެ އެންޖީއޯއިން ބުންޏެވެ.

ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހު ލޯންޗުކުރި މި ކެމްޕެއިންގައި ބައިވެރިވެ އެހީވުމުގެ ފުރުޞަތު މި ހިނގާ ޑިސެމްބަރު މަހުގެ 15 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

މަމްސް އެންޖީއޯގެ ބެކް ޓު ސްކޫލް ކެމްޕެއިން

އޭގެ އިތުރުން، ކެމްޕެއިން މެދުވެރިކޮށް އެހީވާން ބޭނުންވާ ފަރާތްތަކުން ތަކެތީގެ އެހީ ނުވަތަ ފައިސާގެ އެހީވެސް ފޯރުކޮށްދެވޭނެ ކަމަށް މަމްސް އެންޖީއޯގެ ޓީމުން ބުނެއެވެ. އަދި އެކަމާއި ގުޅޭ އިތުރު މައުލޫމާތު ހޯދަން ބޭނުންވާ ނަމަ 7449656 އަށް ގުޅައިގެން ތަފުޞީލު ހޯދުމަށް އެޖަމްޢިއްޔާއިން އެދެއެވެ.

މަމްސް އެންޖީއޯއަކީ ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ އުފެއްދި، އަދި މައިންނަށް ޚާއްޞަ ކުރެވިފައިވާ ޕްލެޓްފޯމެވެ. 2016 ގައި ފޭސްބުކް ޕްރައިވެޓް ގްރޫޕެއްގެ ގޮތުގައި ވަޖޫދަށް ގެނެވުނު މި ޚާއްޞަ ޕްލެޓްފޯމްގައި މިއަދު 30،000 އަށް ވުރެ ގިނަ މެމްބަރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެބަތިއްބެވެ. އަދި މި އެންޖީއޯއިން ދަނީ މައިން ބާރުވެރި ކުރުމަށްޓަކައި ގިނަ ޙަރަކާތްތަކެއްވެސް ރާވަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 18 ގަޑިއިރު ކުރި
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް