Advertisement
ކ. މާލެ
|
30 ނޮވެންބަރ 2019 | ހޮނިހިރު 05:51
މުޒާހަރާ ކުރުން މަނާ ވަގުތެއްގައި އިނދިކޮޅު ކޯލިޝަންގެ މުޒާހަރާ ކުރިއަށް ގެންގޮސްފައިވާއިރު، ހުކުރު ދުވަހުގެރޭ އިނދިކޮޅު ކޯލިޝަނުން ބޭއްވި ޖޮއިންޓް ކައުންސިލް ބައްދަލުވުމެއްގައި ވަނީ ރައީސް ޔާމީނަށް ކ
މުޒާހަރާ ކުރުން މަނާ ވަގުތެއްގައި އިނދިކޮޅު ކޯލިޝަންގެ މުޒާހަރާ ކުރިއަށް ގެންގޮސްފައިވާއިރު، ހުކުރު ދުވަހުގެރޭ އިނދިކޮޅު ކޯލިޝަނުން ބޭއްވި ޖޮއިންޓް ކައުންސިލް ބައްދަލުވުމެއްގައި ވަނީ ރައީސް ޔާމީނަށް ކ
ރާއްޖެއެމްވީ
ރައީސް ޔާމީން
ރައީސް ޔާމީނު ދޫކޮށްލުމަށް ގޮވާލައި މާލޭ ޖަލު ކުރިމަތީ މުޒާހަރާކޮށްފި
މުޒާހަރާ ފުލުހުން ވަނީ ރޫޅާލާފައި
މުޒާހަރާ ކުރީ މަނާ ވަގުތެއްގައި
3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަން ގެންދިޔަ ކަމަށް ނޫސްތަކުން ރިޕޯރޓް ކުރޭ

މަނީ ލޯންޑަރިންގގެ ދައުވާ ސާބިތުވެ ޖަލު ހުކުމް ތަންފީޒު ކުރަމުންދާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމަށް ގޮވާލައި އެމަނިކުފާނުގެ ސަޕޯޓަރުން މާލެ ޖަލު ކުރިމަތީގައި މުޒާހަރާ ކޮށްފިއެވެ.

ހުކުރު ދުވަހުގެރޭ އިދިކޮޅުން ކުރިއަށް ގެންދިޔަ މި މުޒާހަރާ ފުލުހުން ރޫޅާލާފައިވާއިރު، މުޒާހަރާގެ ބައިވެރިންގެ ތެރެއިން 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މަންޒަރު ފެނިފައިވާކަމަށް ރާއްޖޭގެ ބައެއް ނޫސްތަކުން ރިޕޯރޓް ކޮށްފައިވެއެވެ.

Advertisement

މުޒާހަރާގެ ވީޑިއޯތައް މީސްމީޑިއާގައި ދައުރުވަމުންދާއިރު، އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ސަޕޯޓަރުން ރައީސް ޔާމީނު ވަގުތުން ދޫކޮށްލުމަށް ގޮވާލާފައިވެއެވެ.

އިނދިކޮޅުން ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން

މުޒާހަރާ ކުރުން މަނާ ވަގުތެއްގައި އިދިކޮޅު ކޯލިޝަންގެ މުޒާހަރާ ކުރިއަށް ގެންގޮސްފައިވާއިރު، ހުކުރު ދުވަހުގެރޭ އިދިކޮޅު ކޯލިޝަނުން ބޭއްވި ޖޮއިންޓް ކައުންސިލް ބައްދަލުވުމެއްގައި ވަނީ ރައީސް ޔާމީނަށް ކޮށްފައިވާ ހުކުމް ބަލައިނުގަންނަ ކަމަށާއި، އެކަމާއި ދެކޮޅަށް މުޅި ރާއްޖޭގައި އިހުތިޖާޖްތައް ކުރިއަށް ގެންދިއުމަށް ނިންމާފައެވެ.

މަނި ލޯންޑާރ ކުރި ކަމުގެ ކުށް ސާބިތުވެ 5 އަހަރުގެ ހުކުމެއް އިއްވާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ހުކުމް ތަންފިޒުކުރައްވަމުން ގެންދަވަނީ ސްޕެޝަލް ޕްރޮޓެކްޝަންގެ ދަށުން މާލޭ ޖަލުގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް