އަބޫ ދާބީގެ ކްރައުން ޕްރިންސް މުހައްމަދު ބިން ޒައިދުގެ ދައުވަތަކަށް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެގައުމަށް ފުރާވަޑައިގެންފިއެވެ.
ރައީސްގެ މި ދަތުރުފުޅަކީ ކްރައުން ޕްރިންސް މުހައްމަދު ބިން ޒައިދު އަލް ނަހްޔާންގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށާއި ދަތުރުފުޅުގައި ދެގައުމުގެ ގުޅުން ބަދަހިކުރުމުގެ ގޮތުން ބައްދަލުވުންތަކެއް ބާއްވާގޮތަށް ވަނީ ހަމަޖެހިފައެވެ.
ރައްޔިތުންގެ މަޖިލީހުން ބުނީ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަބޫދާބީއަށް ދެ ދުވަހުގެ ދަތުރުފުޅެއްގައި ފުރާވަޑައިގެންފައިވާ ކަމަށެވެ. މިއީ ޔޫއޭއީގެ ވަލީ އަހުދު އަދި ޑެޕިއުޓީ މިނިސްޓަރގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށް މަޖިލީހުން ބުނެއެވެ.
ދެ ރައީސުންގެ މި ދަތުރުފުޅުގެ މާބޮޑު ތަފްސީލެއް އަދި ދެ އޮފީހުން ވެސް ހާމަކޮށްފައެއް ނުވެއެވެ.