Advertisement
ކ. މާލެ
|
29 ނޮވެންބަރ 2019 | ހުކުރު 22:17
ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ
ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ
ރާއްޖެ އެމްވީ
އަބްދުއްރަހީމް އަބްދުﷲ
އަދުރޭ ފުލުހަށް ހާޒިރުވާން ޗިޓް ފޮނުވައިފި
ފުލުހަށް ހާޒިރުވާން އެންގީ ފަނޑިޔާރުންނަށް ހުތުރުބަހުން އެއްޗެއް ވިދާޅުވެ އިންޒާރު ދެއްވާފައިވާތީ

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ފުލުހަށް ހާޒިރުވާން ޗިޓު ފޮނުވައިފިއެވެ.

އަދުރޭ ފުލުހަށް ހާޒިރުވާން ފޮނުވި ޗިޓްގައި ވަނީ މާދަމާ ރޭ 8:00 އަށް ފުލުހަށް ހާޒިރުވުމަށެވެ. އޭނާ ފުލުހަށް ހާޒިރުކުރަނީ ފަނޑިޔާރުންނަށް ނިސްބަތްކޮށް ހުތުރު ބަހެއް ވިދާޅުވެ އިންޒާރު ދެއްވި މައްސަލައެއް ގައި ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. އަދި މި މައްސަލަ ފުލުހުންނަށް ވެސް ވަނީ ހުށަހަޅާފައެވެ.

މައުލޫމާތު ލިބޭ ގޮތުގައި މިމައްސަލަ ހުށަހަޅާފައިވަނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިންނެވެ.

Advertisement

އަދުރޭ ފަނޑިޔާރުންނަން ހުތުރު ބަހުން އެއްޗެއް ވިދާޅުވެފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ފަސް އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ބުރާސްފަތި ދުވަހު ހުކުމްކުރުމާ އެކު ރައީސް ޔާމީނަށް ތާއީދުކުރާ ފަރާތްތަކަށް ނިސްބަތް ކުރައްވާ ދެއްކެވި ވާހަކައިގައެވެ.

އަދުރޭ ވިދާޅުވެފައިވަނީ ރައީސް ޔާމީންގެ މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންނަށް ނިސްބަތް ކުރައްވާ ހުތުރު ބަހެއް ބޭނުންކުރެއްވުމަށްފަހު ފަސް ފަނޑިޔާރުން ޖަލަށްލާނެ ކަމަށް ވިދާޅުވެ އިންޒާރު ދެއްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް