ކ. މާލެ
|
29 ނޮވެންބަރ 2019 | ހުކުރު 22:16
ލޯކަލް މާރުކޭޓު
ލޯކަލް މާރުކޭޓު
ޝުއައިބް މުހައްމަދު އިގްބާލް
ދަތުރުވެރިންގެ މާރުކޭޓު
ދަތުރުވެރިންގެ މާރުކޭޓުން ގޮޅި ދޫކުރުމަށް ހުޅުވާލައިފި
ފޯމް ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހުގެ ނިޔަަލަށް ހުށަހެޅޭނެ
ފޯމާއެކު ދަތުރުވެރިންގެ މާރުކޭޓުން ގޮޅި ދޫކުރުމާ ބެހޭ މަޢުލޫމާތު ޝީޓު ލިބޭނެ ކަމަށް ވެސް ކައުންސިލުން ބުނޭ
މާރުކޭޓު ބަންދުކޮށްފައިވަނީ އޯގަސްޓް މަހުގެ 31 ވަނަ ދުވަހު

ދަތުރުވެރިންގެ މާރުކޭޓުން ގޮޅި ދޫކުރުމަށް މާލެސިޓީ ކައުންސިލުން ހުޅުވާލައިފިއެވެ.

މާރުކޭޓުގެ ގޮޅިތަކަށް އެދި ހުށަހެޅުމުގެ ފުރުސަތު 01 ޑިސެމްބަރ 2019 އިން 19 ޑިސެމްބަރ 2019 ގެ ނިޔަލަށް ހުޅުވާލާފައިވާއިރު މި ގޮޅިތަކަށް އެދޭނީ އެކަމަށް ޚާއްޞަކޮށްފައިވާ ކައުންސިލުން ދޫކުރާ ފޯމުން ކަމަށް މާލެސިޓީ ކައުންސިލުން ބުންޏެވެ. މި ފޯމް ރަސްމީ ދުވަހު ހެނދުނު 8:00 އިން ފެށިގެން 14:00 އާ ދެމެދު އެ ކައުންސިލުން ލިބެން ހުންނާނެ ކަމަށާއި ކައުންސިލުގެ ވެބްސައިޓުwww.malecity.gov.mvއިން ފޯމް ޑައުންލޯޑް ކުރެވޭނެ ކަމަށް ވެސް ކައުންސިލުން މައުލޫމާތުދެއެވެ.

ފޯމް ބަލައިގަންނާނީ ހެނދުނު 9:00 އިން މެންދުރު 13:00 ކަމަށާއި ފޯމާއެކު ދަތުރުވެރިންގެ މާރުކޭޓުން ގޮޅި ދޫކުރުމާ ބެހޭ މަޢުލޫމާތު ޝީޓު ލިބޭނެ ކަމަށް ވެސް ކައުންސިލުން ބުންޏެވެ.

މިދިޔަ އޯގަސްޓް މަހުގެ 31 ގެ ނިޔަލަށް މާރުކޭޓުގެ ގޮޅިތައް ހުސްކުރަން އަންގާ މާރުކޭޓް މަރާމާތަށް ބަންދުކުރިއިރު 160 އަށްވުރެ ގިނަ ގޮޅި އެތާނގައި ހުއްޓެވެ. އަދި ގޮޅިތައް ބަންދު ކުރުމަށް އެންގުމާއި ގުޅިގެން ވަރަށް ގިނަ ބައެއްގެ ޝަކުވާތައް ކައުންސިލަށް ވަނީ އަމާޒުވެފައެވެ.

- ކޮމެންޓް