Advertisement
ކ. މާލެ
|
29 ނޮވެންބަރ 2019 | ހުކުރު 19:03
ތިނަދޫގައި ފެންބޮޑުވުމާއިގުޅިގެން ފެން ހިންދުމުގެ މަސައްކަތް ކުރަނީ
ތިނަދޫގައި ފެންބޮޑުވުމާއިގުޅިގެން ފެން ހިންދުމުގެ މަސައްކަތް ކުރަނީ
އެމްއެންޑީއެފް
މޫސުން
ތިނަދޫގައި ފެންބޮޑުވުމާއި ގުޅިގެން އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށައިފި
ބޯކޮށް ވާރޭ ވެހޭނޭ ކަމަށް ލަފާކުރެވޭތީވެ، މޫސުމަށް ސަމާލުވުމަށް އެދިފައިވޭ

ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ގދ. ތިނަދޫގެ އުތުރު އަވަށުގައި ފެންބޮޑުވުމާއި ގުޅިގެން ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފުން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ތިނަދޫގެ އުތުރު އަވަށުގެ ބައެއް ހިސާބުތަކުގައި ފެންބޮޑުވުމާއި ގުޅިގެން ފެން ހިއްކުމަށް އެމެއެންޑީއެފް ސައުތާން އޭރިއާގެ ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ ހުކުރު ދުވަހުގެ ރޭގަނޑު 8 އިން ހޮނިހިރު ދުވަހުގެ ރޭގަނޑު 8 އަށް ރާއްޖޭގެ ބޮޑުބަޔަކަށް ގުގުރުމާއެކު ވިއްސާރަކުރާނެ އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެކަމަށްވެސް ލަފާކުރެވޭ ކަމަށެވެ.

Advertisement

އަދި ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން އެހެން ހިސާބުތަކަށް އިރުއުތުރާއި އިރުން ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށެވެ.

މީގެ އިތުރުން ކަނޑުތަށް އާދައިގެވަރަކަށް މަޑުވެފައި ވިލާ ގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި، ބޯކޮށް ވާރޭ ވެހޭނޭ ކަމަށް ލަފާކުރެވޭތީވެ، މޫސުމަށް ސަމާލުވުމަކީ އެދެވިގެން ވާ ކަމެއް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް