ކ. މާލެ
|
27 ނޮވެންބަރ 2019 | ބުދަ 08:41
އަބީޝޭކް އާއި ޝާހްރުކް
އަބީޝޭކް އާއި ޝާހްރުކް
ގޫގުލް
އަބީޝޭކް-ޝާހްރުކް
ޝާހްރުކްގެ "ބޮބް ބިސްވާސް" އަށް އަބީޝޭކް!
މީގެ ކުރިން އެ ދެތރަިން ވަނީ އެކުގައި މަސައްކަތްކޮށްފަ
"ބޮބް ބިސްވާސް" ޝޫޓިން ފަށަނީ އަންނަ އަހަރު

ކުޅަދާނަ ފިލްމީތަރި ޝާހްރުކް ޚާންގެ ފިލްމަކަށް ކާމިޔާބު އެކްޓަރ އަބީޝޭކް ބައްޗަން ސޮއިކޮށްފިއެވެ.

އަބީޝޭކް ސޮއިކޮށްފައިވަނީ ޝާހްރުކް ޕްރޮޑިއުސްކުރާ "ބޮބް ބިސްވާސް" އަށެވެ.

ޝާހްރުކް ބުނެފައިވަނީ ބައުންޑް ސްކްރިޕްޓާ ގުޅިގެން ފިލްމެއް ހެދުމަކީ ވަރަށް އުފާވާ ކަމެއް ކަމަށާއި މިއީ އަބީޝެކްގެ ފާހަގަކޮށްލެވޭ ފިލްމަކަށްވާނެ ކަމަށެވެ. އަބީޝޭކް ވެސް ވަނީ ޝާހްރުކްގެ ފިލްމެއްގައި މަސައްކަތްކުރަން ލިބުނީތީ އުފާވާ ކަމަށް ބައެއް ނޫސްތަކުގައި ބުނެފައެވެ.

ޝާހްރުކް ޕްރޮޑިއުސްކޮށް މި އަހަރުގެ މާޗް މަހު ރިލީޒްކުރި "ބަދުލާ" އިން އަބީޝޭކްގެ ބައްފަ އަމީތާބު ބައްޗަން ވެސް ފެނިގެންދިޔައެވެ. އެ ފިލްމަކީ ބޮކްސް އޮފީހުގައި ވެސް ރަނގަޅު ކާމިޔާބީއެއް ހޯދި ފިލްމެއްކަން ފާހަގަކޮށްލެވެއެވެ.

ޝާހްރުކްގެ ކުރިޔަށް އޮތް ފިލްމުގެ ޑައިރެކްޓަރަކީ ދިޔާ އައްނަޕޫރްނާ ގޯޝްއެވެ. "ބޮބް ބިސްވާސް"ގެ ޝޫޓިން އަންނަ އަހަރުގެ ކުރީ ކޮޅު ފަށަން ނިންމާފައިވީ ނަމަވެސް ފިލްމާ ބެހޭ މާގިނަ ތަފްސީލުތަކެއް އަދި މީޑިއާތަކަށް ހާމަކޮށްފައެއް ނުވެއެވެ.

ޝާހްރުކް ޚާންގެ ފިލްމަށް އަބީޝޭކް ސޮއިކޮށްފައިވާއިރު އެ ދެ ފަންނާނުން ކުރިން ވަނީ އެކުގައި މަސައްކަތްކޮށްފައެވެ، ފާހަގަކޮށްލެވޭ ބައެއް ފިލްމުތަކަށް ބަލައިލާއިރު "ކަބީ އަލްވިދަނާ ކެހެނާ" އާއި "ހެޕީ ނިޔު އިޔާ" ފަދަ ފިލްމުތައް ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް