ކ. މާލެ
|
26 ނޮވެންބަރ 2019 | އަންގާރަ 19:31
މޮރީނިއޯ
މޮރީނިއޯ
ޓްވިޓަރ
ކޭން - އިބްރަހަމޮވިޗް
ކޭން ހުއްޓައި އިބްރަހިމޮވިޗް ގެނައުމުގެ ވިސްނުމެއް ނެތް: މޮރީނިއޯ
އިބްރަހަމޮވިޗް މިވަގުތު އެއްވެސް ކްލަބަކަށް ނުކުޅޭ

ޓޮޓެންހަމް ހޮޓްސްޕާގައި އިނގިރޭސި ކެޕްޓަން ހެރީ ކޭން ހުއްޓައި ސްވިޑެންގެ ފޯވަރޑް ޒަލަޓަން އިބްރަހިމޮވިޗް ގެނައުމުގެ ވިސްނުމެއް ނެތް ކަމަށް ޓޮޓެންހަމްގެ ކޯޗު ހޯޒޭ މޮރީނިއޯ ބުނެފިއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެމުން މޮރީނިއޯ ބުނީ، އިބްރަހިމޮވިޗް އަކީ ވަރަށް ހުނަރުވެރި ކުޅުންތެރިޔެއް ކަމަށާއި، ނަމަވެސް މިވަގުތު ޓޮޓެންހަމްގައި އިނގިރޭސި އެންމެ މޮޅު ސްޓްރައިކަރ އެބަހުރި ކަމަށެވެ.

އެގޮތުން މޮރީނިއޯ ބުނީ، ކޭން ހުއްޓައި އިބްރަހަމޮވިޗް ގެނައުމަކީ ހަމަޖެހޭ ކަމެއް ކަމަށް ގަބޫލުނުކުރާ ކަމަށެވެ. ކޭން މިވަގުތު ރަނގަޅު ފޯމެއްގައި ހުރިއިރު، އޭނާ ވަނީ މިދިޔަ ހޮނިހިރު ދުވަހު ވެސްޓްހޭމް އަތުން ޓޮޓެންހަމް 2-3 ގެ ނަތީޖާއިން މޮޅުވި މެޗުގައިވެސް ލަނޑެއް ޖަހާފައެވެ.

ރިޕޯޓުތައް ބުނަމުން އަންނަ ގޮތުން ކުރިޔަށް އޮތް ޖެނުއަރީ ޓްރާންސްފަރގައި ކޭން ރެއާލް މެޑްރިޑަށް ބަދަލުވުމަކީ ކައިރި ކަމެކެވެ. އަދި ކޭން ރެއާލަށް ބަދަލުވެއްޖެނަމަ، އިބްރަހަމޮވިޗް ޔުނައިޓެޑަށް ސޮއިކުރާނެ ކަމަށްވެސް އަންނަނީ އަޑުތައް ފެތުރެމުންނެވެ.

އިބްރަހަމޮވިޗް ގެލެކްސީ ދޫކޮށްލާފައިވާއިރު، އޭނާ ބަދަލުވާނެ ކްލަބެއް އަދި ކަށަވަރެއް ނުވެއެވެ. އޭނާ ބުނީ ކުރިމަގާ ބެހޭގޮތުން ހާމަކުރަންޖެހޭ މައުލޫމާތު ވަރަށް އަވަހަށް ހާމަކުރާނެ ކަމަށެވެ.

- ކޮމެންޓް