ކ. މާލެ
|
26 ނޮވެންބަރ 2019 | އަންގާރަ 19:19
މުރީސިއޯ ސާރީ
މުރީސިއޯ ސާރީ
ގެޓީ އިމޭޖަސް
ޔުވެންޓަސް
ރޮނާލްޑޯއާ އެއްވެސް މައްސަލައެއް ނެތް: ސާރީ
ރޮނާލްޑޯ ވަނީ ސާރީގެ ބައެއް ނިންމުން ތަކަށް ހިތްހަމަ ނުޖެހުން ފާޅުކޮށްފަ

ޕޯޗުގަލް އަދި ޔުވެންޓަސްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއާ އެއްވެސް މައްސަލައެއް ނެތް ކަމަށް ޔުވެންޓަސްގެ ކޯޗު މުރީސިއޯ ސާރީ ބުނެފިއެވެ.

ޗެމްޕިއަންސް ލީގުގައި އަންގާރަ ދުވަހުގެ ރޭ އެތްލެޓިކޯއާ ދެކޮޅަށް ކުޅޭ މެޗަށް ރޮނާލްޑޯ ފިޓް ކަމަށް ބުނަމުން ސާރީ ބުނީ އެތްލެޓިކޯ އާއި ދެކޮޅަށް ކުޅޭ މެޗުގައި ރޮނާލްޑޯ ފެނުމުގެ ފުރުސަތު ބޮޑުކަމަށާއި ،ނަމަވެސް އެއީ އޭނާ ޕްރެކްޓިސްތަކުގައި ދައްކާ ކުޅުމަށް ބަލާފައި ނިންމާނެ ނިންމުމެއް ކަމަށެވެ.

ސާރީ އިތުރަށް ބުނީ އޭނާއާ އެއްވެސް ކުޅުންތެރިއަކާ ދެމެދު އެއްވެސް މައްސަލައެއް ނެތް ކަމަށާއި، އޭނާ އަށް ހުރިހާ ކުޅުންތެރިން ވެސް ވާނީ އެއްވަރެއް ކަމަށެވެ. އޭނާގެ ނަޒަރުގައި ރޮނާލްޑޯ އަކީ ހުރިހާ ކާމިޔާބީއެއް ހޯދައިފައިވާ ކުޅުންތެރިއެއް ކަމަށް ބުނަމުން ސާރީ ބުނީ އެފަދަ ކުޅުންތެރިއެއް މެޗަކުން ބަދަލުކުރުމުން ހިތްހަމަ ނުޖެހުން ފާޅު ކުރުން އެއީ މައްސަލައެއް ނޫން ކަމަށާއި، ރޮނާލްޑޯ އަކީ ލަނޑު ޖަހާ ޓީމު މޮޅޮކޮށްދީ ކާމިޔާބު ހޯދުމަށް ގަދައަޅައި މަސައްކަތް ކުރަމުން އަންނަ ކުޅުންތެރިއެއް ކަމަށެވެ.

މި މެޗަށް ޔުވެންޓަސް ނިކުންނައިރު ޔުވެންޓަސް އަށް ވަނީ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުވެފައެވެ. ނަމަވެސް ޔުވެންޓަސްގެ ކޯޗު ސާރީ ބޭނުންވަނީ މި މެޗުން މޮޅުވެ ޕްރެޝާއެއް ނެތި ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖް ނިންމައިލާށެވެ.

އުމުރުން 34 އަހަރުގެ ރޮނާލްޑޯ އަކީ ޗެމްޕިއަންސް ލީގުގައި އެންމެ ގިނަ ލަނޑުގެ ރެކޯޑް އޮތް ކުޅުންތެރިއާއެވެ. އެގޮތުން އޭނާ ވަނީ މިހާތަނަށް 127 ލަނޑު ޗެމްޕިއަންސް ލީގުގައި ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް