ކ. މާލެ
|
26 ނޮވެންބަރ 2019 | އަންގާރަ 18:27
އެރިކްސަން
އެރިކްސަން
ގޯލް.ކޮމް
އެރިކްސަން
ޖެނުއަރީ ޓްރާންސްފާއަށް އެރިކްސަން ގެންނަން ރެއާލުން މަސައްކަތް ކުރަނީ
ޓޮޓެންހަމްއާއެކު އެރިކްސަން ހަދާފައިވާ އެއްބަސްވުން ހަމަވާނީ އަންނަ އަހަރު

ކުރިޔަށް އޮތް ޖެނުއަރީ ޓްރާންސްފާއަށް އަމާޒުކޮށް ޓޮޓެންހަމް ހޮޓްސްޕާއަށް ކުޅެމުން އަންނަ ޑެންމާކްގެ ކްރިސްޓިއަން އެރިކްސަން ހޯދުމަށް ރެއާލް މެޑްރިޑުން މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ރިޕޯޓްތައް ބުނާގޮތުން ރެއާލުން ބޭނުންވަނީ ކުރިޔަށް އޮތް ޖެނުއަރީ ޓްރާންސްފާއަށް އަމާޒުކޮށް އެރިކްސަން އެ ކްލަބަށް ގެނައުމަށެވެ. އެގޮތުން އެ ކްލަބުން އެކަމަށް މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ރެއާލްގެ އިތުރުން ދުނިޔޭގެ ނަން މަޝްހޫރު ގިނަ ކްލަބްތަކުން އެރިކްސަން ހޯދުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި ސްޕެއިން އަދި އިޓަލީގެ ކްލަބްތައްވެސް ހިމެނެއެވެ.

ޓޮޓެންހަމްއާއެކު އެރިކްސަން ހަދާފައިވާ އެއްބަސްވުން އަންނަ ސީޒަނަށް ފަހު ހަމަވާއިރު، އޭނާ ކްލަބުގައި މަޑުކުރާނެ ކަމަށް ނުބެލެވޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އަޔެކްސް އިން 2009 ވަނަ އަހަރު ކެރިޔަރު ފެށި އެރިކްސަން ޓޮޓެންހަމް އަށް ބަދަލުވީ 2013 ވަނަ އަހަރެވެ. އޭނާ ވަނީ މިހާތަނަށް އެޓީމަށް ކުޅުނު 291 މެޗުގައި 68 ލަނޑު ކާމިޔާބު ކޮށްފައެވެ.

ޓޮޓެންހަމްއާ އެކު ލީގް ކަޕްގެ ދެވަނަ 2014 ވަނަ އަހަރުގެ ސީޒަނުގައި ހޯދި އެރިކްސަން ވަނީ ޓޮޓެންހަމްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ދެ ފަހަރެއްގެ މަތިން ހޯދާފައެވެ.

މީގެ އިތުރުން ހަތަރު ފަހަރު ޑެންމާކްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ އެރިކްސަން ވަނީ ގައުމީ ޓީމަށް ކުޅުނު 95 މެޗުގައި 31 ލަނޑު ކާމިޔާބު ކޮށްފައެވެ.

- ކޮމެންޓް