ކ. މާލެ
|
25 ނޮވެންބަރ 2019 | ހޯމަ 19:07
ޖުޑަން
ޖުޑަން
ސޯޝަލް މީޑިއާ
އެފްއޭއެމް
އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރގެ މަގާމަށް ޖުޑާން
ޖުޑާން ވަނީ 2011 ވަނަ އަހަރު ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމުގެ ކޯޗުގެ މަގާމާއި ހަވާލުވާން ޕްރޮޕޯސަލް ހުށައަޅައިފަ

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ޓެކްނިކަލް ޑިރެކްޓަރ ކަމުގެ މަގާމަށް ބާސެލޯނާ އެކަޑަމީ ކަމަށްވާ ލަ މާސިއާގައި ގިނަ ދުވަސްތަކެއްވަންދެން މަސައްކަތްކުރި އިންގްލޭންޑްގެ ކޯޗު ޖުޑާން އަލީ ހަމަޖެހިފައިވާ ކަމަށް އެ އިދާރާއިން ބުނެފިއެވެ.

އެފްއޭއެމް އިން ބުނީ އެ އިދާރާގެ ޓެކްނިކަލް ޑިރެކްޓަރގެ މަގާމަށް ޖުޑާން ހަމަޖެއްސުމަށް އަނގަ ބަހުން މިހާރު އެއްބަސްވެފައިވާ ކަމަށާއި އަދި އަންނަ އަހަރު ކުރީ ކޮޅުގައި ރަސްމީ އެއްބަސް ވުމަކަށް އާދެވޭނެ ކަމަށެވެ.

އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރގެ މަގާމަށް ޖުޑާން މި ހަމަޖައްސަނީ އެމަގާމުގައި ކުރިން ހުރި އިހުސާން އަބްދުއްޣަނީ (ސާންތީ) މަގާމުން އިސްތިއުފާ ދިނުމާއި ގުޅިގެންނެވެ. މައުލޫމާތު ލިބުނު ގޮތުގައި ސާންތީ މަގާމުން އިސްތިއުފާ ދިނީ މަގާމުން ވަކި ކުރުމުގެ ނޯޓިސް ލިބުމާއި ގުޅިގެންނެވެ.

ބާސެލޯނާ އެކެޑަމީގައި 10 އަހަރު މަސައްކަތްކުރި ޖުޑާން އަކީ ޔޫއެފާ އޭ ލައިސަންސްގެ ކޯޗެކެވެ. މީގެ ކުރިން އޭނާ ވަނީ 2013 ވަނަ އަހަރު ޓައިވާން ފުޓްބޯލް އެސޯސިއޭޝަނުގެ އެލީޓް ޑިވެލޮޕްމެންޓްގެ ހެޑެއްގެ ގޮތުގައި މަސައްކަތް ކޮށްފައެވެ. އަދި އޭނާ ވަނީ މީގެ ކުރިން އިނގިރޭސި ޕްރިމިއާ ލީގުގެ ބްލެކްބާން ރޯވާސްގެ ކޯޗިން ޕްރޮގްރާމްތަކެއްގައި ބައިވެރިވެފައެވެ.

ޖުޑާން ވަނީ 2011 ވަނަ އަހަރު ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމުގެ ކޯޗުގެ މަގާމާއި ހަވާލުވާން ޕްރޮޕޯސަލް ހުށައަޅައިފައެވެ.

- ކޮމެންޓް