ކ. މާލެ
|
25 ނޮވެންބަރ 2019 | ހޯމަ 13:47
ޅަވިޔަނި ފުޓްސެލް ޗެލެންޖް 2019 ގެ ތެރެއިން
ޅަވިޔަނި ފުޓްސެލް ޗެލެންޖް 2019 ގެ ތެރެއިން
ސޯޝަލް މީޑިއާ
ޅަވިޔަނި ފުޓްސެލް ޗެލެންޖް 2019
ޅަވިޔަނި ފުޓްސެލް ޗެލެންޖް 2019 ގެ ފައިނަލަށް ސްކޯޕިއަންސް އަދި ރިވަރސައިޑް!
މި މުބާރާތުގެ މެޗުތައް ކުޅެމުން އަންނަނީ ހިންނަވަރު ފުޓްސެލް ދަނޑުގައި

ޅަވިޔަނި ހިންނަވަރު އިޖުތިމާއީ މަރުކަޒާއި، ހިންނަވަރު ކައުންސިލާއި، ހިންނަވަރު ފޮލިސް ސްޓޭޝަނުން އިންތިޒާމުކޮށްގެން ބާއްވާ ޅަވިޔަނި ފުޓްސެލް ޗެލެންޖް 2019 ގެ ފައިނަލަށް ސްކޯޕިއަންސް އަދި ރިވަރސައިޑް ދަތުރުކޮށްފިއެވެ.

އާދީއްތަ ދުވަހުގެ ރޭ ކުޅުނު ސެމީ ފައިނަލް ފުރަތަމަ މެޗުން އެފްސީ ޝެޑޯސް ވާދަކުރި މެޗު ނިމިގެންދިޔައީ 3-3 ގެ ނަތީޖާ އަކުންނެވެ. މި މެޗުގެ ސްކޯޕިއަންސް އިން ކާމިޔާބުކުރީ ޕެނަލްޓީގައި ދެ ލަނޑު ޝެޑޯސް ކޮޅަށް ޖަހައިގެންނެވެ. މި މެޗުގެ ލަނޑުތައް ސްކޯޕިއަންސް އަށް ކާމިޔާބުކޮށްދިނީ ހުސެއިން މުހައްމަދު (ލާރސަން) އަދި އަލީ ހާފިޒް (ހާއްޕެ) އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިގެންދިޔައީ ހުސެއިން ހާފިޒެވެ.

ސެމީ ފައިނަލް ދެވަނަ މެޗުގައި ރިވަރ ސައިޑް އަދި ތޯރާ ބޯރާ ބައްދަލުކުރި އިރު މި މެޗު ވެސް ނިމިގެންދިޔައީ 3-3 ގެ ނަތީޖާ އަކުންނެވެ. މި މެޗު ރިވަރ ސައިޑް އިން ކާމިޔާބުކުރީ ޕެނަލްޓީ ޖަހައިގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިގެންދިޔައީ ތޯރާ ބޯރާގެ ޒިޔާދު އަހްމަދެވެ.

މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންގާރަ ދުވަހުގެ ރެއެވެ.

މި މުބާރާތުގައި މިއަހަރު ހަތް ޓީމަކުން ވާދަކުރާއިރު މި މުބާރާތުގައި ހިންނަވަރުން ތިން ޓީމާއި، ނައިފަރުން އެއް ޓީމާއި ފެލިވަރުގެ ދެ ޓީމް އަދި ހިންނަވަރުގައި ދިރިއުޅެމުން އަންނަ ބަންގްލަދޭޝް ރައްޔިތުންގެ ޓީމެއް ވާދަކުރާނެއެވެ.

ހިންނަވަރުގައި ބޭއްވޭ ފުޓްސެލް މުބާރާތް ތަކުން ޒުވާން ގިނަ ކުޅުންތެރިންގެ ހުނަރު ފެނިގެންދާއިރު ޅ އަތޮޅުގެ ރަށްރަށުގެ ޓީމުތަކާއި ރިސޯޓު ތަކުން އަންނަނީ މުބާރާތްތަކުގައި ބައިވެރިވަމުންނެވެ. އަދި މަޝްހޫރު ގިނަ ކުޅުންތެރިން މުބާރާތް ތަކުގައި ކުޅެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް