ކ. މާލެ
|
24 ނޮވެންބަރ 2019 | އާދީއްތަ 19:32
ގައުމީ ފެތުމުގެ މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން
ގައުމީ ފެތުމުގެ މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން
ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ގައުމީ ފެތުމުގެ މުބާރާތް
ގައުމީ ފެތުމުގެ މުބާރާތުގެ ޗެމްޕިއަންކަން ނިއުލެގޫންސް ސްވިމިންގ ކްލަބް ހޯދައިފި
މުބާރާތުގައި 172 ފެތުންތެރިން ވަނީ ބައިވެރިވެފައި

ބީއެމްއެލް ގައުމީ 44 ވަނަ ފެތުމުގެ މުބާރާތުގެ ޗެމްޕިއަންކަން ނިއުލެގޫންސް ސްވިމިންގ ކްލަބް ހޯދައިފިއެވެ.

މުބާރާތުގެ އަންހެން އަދި ފިރިހެން ކެޓަގަރީތަކުގެ ޗެމްޕިއަންކަން ނިއުލެގޫންސް ހޯދިއިރު، މިއީ ފިރިހެން ކެޓަގަރީން ނިއުލެގޫންސް ޖެހިޖެހިގެން ޗެމްޕިއަންކަން ހޯދި ފަސްވަނަ ފަހަރެވެ.

މުބާރާތުގެ އިނާމުދިނުން ހޮނިހިރު ދުވަހުގެ ރޭ ޖަމާލުއްދީން ސްކޫލްގައި ބާއްވާފައިވާއިރު، މި ހަފްލާގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަޒްނާ އަހުމަދުއެވެ.

މީގެއިތުރުން މި ހަފްލާގައި މިނިސްޓަރ އޮފް ޔޫތު ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް، އަޙްމަދު މަޙުލޫފް އާއި، ކޮމިޝަނަރ އޮފް ސްޕޯރޓްސް އަޙްމަދު ސަލީމްގެ އިތުރުން، ސްޕޯރޓްސް ކައުންސިލްގެ ރައީސް، އިބްރާޙީމް އިސްމާޢީލް ޢަލީ ވަނީ ބައިވެރިވެވަޑައިގަނެފައެވެ.

މި މުބާރާތް ކުރިޔަށް ގެންގޮސްފައިވަނީ 172 ފެތުންތެރިންނާއެކު މި މަހުގެ 16 ވަނަ ދުވަހުން ފެށިގެން 23 ވަނަ ދުވަހުގެ ނިޔަލަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް