ކުޑަކުދިންގެ ހައްގުތަކާއި ކުޑަކުދިންގެ އަދުލުގެ ނިޒާމާ ބެހޭ ސެމިނަރއެއް ލ އަތޮޅުގައި ފަށައިފިއެވެ.
މި ސެމިނަރ ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދެވެ.
މެޖިސްޓްރޭޓަރުންނަށް ހާއްސަކޮށްގެން ކުޑަކުދިންގެ ހައްގުތަކާއި ކުޑަކުދިންގެ އަދުލުގެ ނިޒާމު ހަރުދަނާ ކުރުމާއި ގުޅޭގޮތުން ލ އަދި ތ އަތޮޅުގެ މެޖިސްޓްރޭޓަރުންނާއި ކަމާ ބެހޭ މުއައްސަސާތަކުން ބައިވެރިވި މި ސެމިނަރ ފެށީ އާދީއްތަ ދުވަހުއެވެ. މި ސެމިނަރގައި ސްޓޭޓް ހޯލްޑަރުން ބައިވެރިވެ މައްސަލަތައް ހައްލުކުރެވިދާނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ލ. އަތޮޅާއި ތ. އަތޮޅުގެ ޖުޑީޝަލް ދާއިރާއަށް ޚާއްސަކުރާ މި ސެމިނަރއަކީ ކުޑަކުދިންގެ ހައްގުތަކާއި ކުޑަކުދިންގެ އަދުލުގެ ނިޒާމް ހަރުދަނާ ކުރުމަށްޓަކައި ބާއްވާ ޕްރޮގުރާމެކެވެ. މި ސެމިނަރގައި ޖުޑީޝަލް ދާއިރާގެ އިތުރުން ލ. އަތޮޅުގެ ކުޑަކުދިންގެ ހައްގުތަކާއި ކުޑަކުދިންގެ އަދުލުގެ ނިޒާމުގައި މަސައްކަތްކުރާ ފަރާތްތައް ބައިވެރިވެއެވެ.
މި ސެމިނަރގެ މަގުސަދުގެ ތެރޭގައި ކުޑަކުދިންގެ ހައްގުތަކާއި ގުޅުންހުރި ކަންކަމުގައި އަމަލުކުރާނެ ގޮތް ދެނެގަނެ އަހުލުވެރިވުން ހިމެނެއެވެ. މި ސެމިނަރ ކުރިއަށްދާނީ އާދީއްތަ ދުވަހުން ފެށިގެން ހަތަރު ދުވަހުގެ ނިޔަލަށެވެ. 20 ސެޝަނެއް ކުރިއަށްދާއިރު، މި ސެމިނަރގައި ޖުމްލަ 30 ބައިވެރިން ބައިވެރިވެއެވެ.