Advertisement
ކ. މާލެ
|
24 ނޮވެންބަރ 2019 | އާދީއްތަ 12:58
ގަވާއިދާއި ހިލާފަށް މަސްވެރިކަން ކުރަން އުޅުނު މަސް ދޯނިތަައް
ގަވާއިދާއި ހިލާފަށް މަސްވެރިކަން ކުރަން އުޅުނު މަސް ދޯނިތަައް
އެމްއެންޑީއެފް
އެމްއެންޑީއެފް
ގަވާއިދާއި ހިލާފަށް މަސްވެރިކަން ކުރަން އުޅުނު 7 ބޯޓެއް މާލެ ގެނެސްފި
އެ މަސްދޯނިތައް ހިފަހައްޓާފައިވަނީ 21 ނޮވެމްބަރުގައި
އެ މަސްދޯނިތައް އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މާލެއާއި 175 މޭލު ބޭރުން
އޭގެ ތެރެއިން 2 ބޯޓެއް އޮތީ ދާ އަޅައިގެން މަސްވެރިކަން ކުރަން

ދިވެހިރާއްޖޭގެ އިގްތިސާދީ ޚާއްސަ ސަރަހައްދުން ޤަވާއިދާއި ހިލާފަށް މަސްވެރިކަން ކުރަން އުޅުނު 7 މަސްދޯންޏެއް އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް މި މަހުގެ 22 ވަނަ ދުވަހު ގެނެސްފައިވާއިރު އެ 7 މަސް ބޯޓް ރޭ ފަތިހު އެމްއެންޑީއެފްގެ ކޯސްޓްގާޑް ޝިޕް ޝަހީދު އަލީގެ ބެލުމުގެ ދަށުން ހުޅުމާލެ ގެނެސްފައިވާ ކަމަށް މޯލްޑިވްސް ނެޝެނަލް ޑިފެންސް ފޯރސް (އެމްއެންޑީއެފް) އިން ބުނެފިއެވެ.

ރާއްޖޭގެ އިޤްތިސާދީ ކަނޑުގެ ސަރަހައްދުން ޤަވާއިދާއި ޚިލާފަށް މަސްވެރިކަން ކުރަން އުޅުނު ލަންކާގެ 7 މަސްބޯޓެއް އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މާލެއާއި 175 މޭލު ބޭރުން ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.

Advertisement

އެ 7 މަސްދޯނި އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެނައީ 21 ނޮވެމްބަރު 2019 ވަނަ ދުވަހުގެ ފަތިހު ރާއްޖޭގެ މަސް ދޯންޏަކުން އެމްއެންޑީއެފަށް ދިވެހިރާއްޖޭގެ އިޤްތިސާދީ ސަރަހައްދުގައި ޤަވާއިދާއި ޚިލާފަށް ބޭރުގެ މަސްބޯޓްތަކެއް ދާ އަޅައިގެން މަސްވެރިކަން ކުރާކަމުގެ މައުލޫމާތު ދިނުމާއި ގުޅިގެންނެވެ.

އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް އެ ހަތް ބޯޓު ގެނައިއިރު އޭގެ ތެރެއިން 2 ބޯޓެއް އޮތީ ދާ އަޅައިގެން މަސްވެރިކަން ކުރަން ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް