ކ. މާލެ
|
24 ނޮވެންބަރ 2019 | އާދީއްތަ 08:31
ގައުމީ ޓެނިސް ޗެމްޕިއަންޝިޕްގެ ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން
ގައުމީ ޓެނިސް ޗެމްޕިއަންޝިޕްގެ ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން
ރައީސް އޮފީސް
ގައުމީ ޓެނިސް ޗެމްޕިއަންޝިޕްގެ
50 ވަނަ ގައުމީ ޓެނިސް ޗެމްޕިއަންޝިޕްގެ ނިންމުން ކުލަގަދަކޮށް ފާހަގަކޮށްފި
މުބާރާތުގައި 149 ކުޅުންތެރިން ވަނީ ވާދަކޮށްފައި

ބީއެމްއެލް 50 ވަނަ ގައުމީ ޓެނިސް ޗެމްޕިއަންޝިޕްގެ ނިންމުން ކުލަގަދަކޮށް ފާހަގަކޮށްފިއެވެ.

ނެޝަނަލް ޓެނިސް ސެންޓަރގައި އޮތް މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ބައިވެރިވެ ވަޑައިގެންނެވިއިރު، ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވީ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދުއެވެ. އަދި މި ރަސްމިއްޔާތުގައި ޔޫތު މިނިސްޓަރ އަހުމަދު މަހްލޫފްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މީގެއިތުރުން މި ރަސްމިއްޔާތުގައި ދުނިޔޭގެ ކުރީގެ ނުވަ ވަނަ ޓެނިސް ކުޅުންތެރިޔާ ޕަރަޑޯން ސްރީޗަފާން ވަނީ ބައިވެރިވެފައެވެ. ތައިލޭންޑަށް ނިސްބަތްވާ ސްރީޗަފާން އަކީ އޭޓީޕީ ވޯލްޑް ރޭންކިންގްގެ ގަދަ 10 ގައި ހިމެނުނު ފުރަތަމަ އޭޝިއާ ކުޅުންތެރިޔާއެވެ.

މުބާރާތުގައި ހަތް އަހަރުންދަށް، 8 އަހަރުންދަށް، 12 އަހަރުންދަށް، 14 އަހަރުންދަށް، ޖޫނިއާ އޯޕަން، މެންސް އޯޕަން، ވުމަންސް އޯޕަން، މިކްސް ޑަބަލްސްގެ އިތުރުން 45 އަހަރުންދަށުގެ ކެޓަގަރީ ހިމެނެއެވެ. އަދި 10 އަހަރުން ދަށުގެ ކެޓަގަރީގެ މެޗުތައް ނޮކްއައުޓް އުސޫލުން ވަނީ ކުރިޔަށް ގެންގޮސްފައެވެ.

މި މަހު 15 އިން 23 އަށް ކުރިޔަށްދިޔަ މި މުބާރާތުގައި ރާއްޖޭގެ ޓެނިސް ކުޅުންތެރިންގެ އިތުރުން ބޭރުގެ ޓެނިސް ކުޅުންތެރިންނަށް ވަނީ ފުރަތަމަ ފަހަރަށް ފުރުޞަތު ދީފައެވެ.

މުބާރާތުގައި ރާއްޖޭގެ ކުޅުންތެރިންގެ އިތުރުން ދެން ވާދަކުރީ ކެމްބޯޑިއާ، އިންޑިއާ، ސްރީލަންކާ އަދި ނޭޕާލްގެ ކުޅުންތެރިންނެވެ. މިއީ ރާއްޖޭގެ ތާރީޚުގައި ބޭއްވި ފުރަތަމަ ބައިނަލްއަޤުވީ ޓެނިސް މުބާރާތަށްވާއިރު، މުބާރާތުގެ ފައިސާގެ އިނާމުގެ ގޮތުގައި 25،000 ހާސް ޑޮލަރު ވަނީ ހުށަހަޅާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް