ކ. މާލެ
|
24 ނޮވެންބަރ 2019 | އާދީއްތަ 01:28
އެމެރިކާގެ ނައިބް ރައީސް މައިކް ޕެންސް
އެމެރިކާގެ ނައިބް ރައީސް މައިކް ޕެންސް
ްއެލްއޭ ޓައިމްސް
އިރާޤު- އެމެރިކާ
ޢެމެރިކާގެ ނައިބްރައީސް އިރާޤަށް ކުއްލި ދަތުރުފުޅެއް ކުރައްވައިފި
ޕެންސް ދަތުރުކުރައްވާފައި މިވަނީ އިރާޤުގެ ސަރުކާރާއި ދެކޮޅަށް އަޑުއުފުލަމުންދާ ދަނޑިވަޅެއްގައި
ޕެންސްގެ ދަތުރުފުޅަށް ދެފަރާތުންވެސް ވަނީ އެއްބަސްވެފައި
މި ދަތުރުފުޅުގައި ކުރުދީގެ އިސް އޮފިޝަލުންނާއި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައި

އެމެރިކާގެ ނައިބް ރައީސް މައިކް ޕެންސް އިރާޤަށް ކުއްލި ދަތުރުފުޅެއް ކުރައްވައިފިއެވެ.

އިރާޤުގެ ސަރުކާރާއި ދެކޮޅަށް އަޑުއުފުލަމުންދާ ފަރާތްތަކުން ކޮރަޕްޝަން ނައްތާލައި، އާންމުންގެ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ގޮވާލައި އަޑުއުފުލަމުންދާ ދަނޑިވަޅެއްގައި މައިކް ޕެންސް އިރާޤަށް ވަޑައިގެންފައިވާއިރު، އިރާޤުގެ ބޮޑުވަޒީރުގެ އޮފީހުން ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޕެންސްގެ ދަތުރުފުޅަށް ދެފަރާތުންވެސް އެއްބަސްވެފައިވާ ކަމަށެވެ.

އެގޮތުން އިރާޤުގެ ބޮޑު ވަޒީރު އާދިލް އަބްދުލް މަހްދީ އާއި ޕެންސްއާ ދެމެދު ކުރެވުނު ފޯން ކޯލެއްގައި ދެ ފަރާތުން ވަނީ ދެ ޤައުމުގެ ގުޅުން އިތުރަށް ވަރުގަދަކޮށް، ގުޅިގެން މަސައްކަތް ކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

ޕެންސްގެ މި ދަތުރުފުޅުގައި ކުރުދީގެ އިސް އޮފިޝަލުންނާއި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

އިރާޤު ސަރުކާރާއި ދެކޮޅަށް އެޤައުމުގައި މުޒާހަރާތައް ކުރަމުންދާއިރު، ބޭރު ޤައުމުތަކާއި ޖަމިއްޔާތަކުން އަންނަނީ އެ ޤައުމުގެ މަޝްރަހު ގާތުން ބަލައި މޮނިޓަރ ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް