ކ. މާލެ
|
23 ނޮވެންބަރ 2019 | ހޮނިހިރު 09:30
ޕެޕް ގާޑިއޯލާ
ޕެޕް ގާޑިއޯލާ
ގެޓީ އިމޭޖަސް
ގާޑިއޯލާ
ސިޓީގައި މަޑު ކުރާނެ ކަމުގެ ޔަގީންކަން ގާޑިއޯލާ ދީފި
ގާޑިއޯލާ އާއި އެކު ސިޓީ އިން ވަނީ ލީގު ތަށި އުފުލައިލައިފަ

މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ސިޓީގައި މަޑު ކުރާނެ ކަމުގެ ޔަގީންކަން ދީފިއެވެ.

ބައިނަލް އަޤުވާމީ މީޑިއާއަށް ދިން އިންޓަރވިއު އެއްގައި ގާޑިއޯލާ ބުނީ ސިޓީގައި އޭނާ ހުރީ ހިތްހަމަ ޖެހިގެން ކަމަށާއި މީހުން ކިޔާ އެއްޗަކަށް އޭނާ އަޅާ ނުލާނެ ކަމަށެވެ. އޭނާ އިތުރަށް ބުނީ މި ސީޒަނުގައި ތިން މެޗުން ބަލިވުމުން އޭނާ ސިޓީއާއި މެދު ހިތްހަމަ ނުޖެހިފައި ހުރި ކަމަށް ބައެއް މީހުން ބުނާކަމަށެވެ.

މީގެ ކުރިން ވެސް މީޑިއާގައި މިސީޒަން ފަސޭހަ ނުވާނެ ކަމަށް ބުނެފައިވާނެ ކަމަށާއި، ފުޓުބޯޅައިގައި އަބަދު މޮޅު ނުލިބޭނެ ކަން މީހުން ދަންނަންވާނެ ކަމަށް ގާޑިއޯލާ ބުންޏެވެ. އޭނާ އިތުރަށް ބުނީ މި ސީޒަނުގެ މިހާތަނަށް ތިން މެޗުން ބަލިވުމުން ދެން ލީގު ކާމިޔާބު ނުވާނެ ކަމަށް ކަމަށް މީހުން ހީކުރަމުން އަންނަކަމަށާއި، އެހެން ނަމަވެސް އެއީ ކަން ހިނގާ ގޮތް ނޫން ކަމަށް ބުނަމުން ގާޑިއޯލާ ބުނީ އޭނާ އަކީ މެޗަކުން ބަލިވިއަސް އިސްތިއުފާ ދީފައި ދާނެ ކޯޗެއް ނޫން ކަމަށެވެ. އަދި ކްލަބުން އޭނާ މަޑުކުރަން ބޭނުންނަމަ އޭނާ ކްލަބުގައި މަޑު ކުރާނެ ކަމުގެ ޔަގީން ކަން ގާޑިއޯލާ ވަނީ ދީފައެވެ.

ގާޑިއޯލާގެ މެންޗެސްޓަރ ސިޓީ މިވަގުތު އޮތީ ލީގު ތާވަލުގެ ހަތަރުވަނައިގައެވެ. މިހާތަނަށް ގާޑިއޯލާ ކޯޗު ކަމާއި ހަވާލުވި ފަހުން ސިޓީން އަންނަނީ މޮޅު ކުޅުމެއް ދައްކަމުންދެއެވެ.

ގާޑިއޯލާގެ އިރުޝާދުގެ ދަށުން ސިޓީ ކުޅުނު 193 މެޗުގެ ތެރެއިން 141 މެޗުން ސިޓީ ވަނީ މޮޅުވެފައެވެ. އަދި 26 މެޗުން ސިޓީ ބަލިވެފައިވާއިރު 26 މެޗުން ސިޓީ ވަނީ އެއްވަރުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް