ކ. މާލެ
|
21 ނޮވެންބަރ 2019 | ބުރާސްފަތި 09:46
އެއަރޕޯޓް
އެއަރޕޯޓް
ޓްވިޓަރ
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު
ބާރުބޮޑުވާނެތީ އަވަހަށް އެއަރޕޯޓަށް ދާން އެދެފި
 
ބޮޑު ޗުއްޓީއާ ދިމާކޮށް މޯލްޑިވިއަނުން ވަނީ ޝެޑިއުލް ފްލައިޓްތައް އިތުރުކޮށްފައި
 
ޗުއްޓީ ދުވަސްވަރަކީ ގިނަ އަދަދެއްގެ ބަޔަކު ރާއްޖެތެރެއަށާއި ރާއްޖެއިން ބޭރަށް ފުރާ ދުވަސްވަރެއް
 
އިންޓަނޭޝަނަލް ދަތުރުތަކުގައި ފުރާ ފަސިންޖަރުން ފުރުމުގެ ތިން ގަޑިއިރު ކުރިން އެއަރޕޯޓަށްދާން ވަނީ އެދިފައި

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ފުރާ ފަސިންޖަރުން ވަގުތު އޮއްވައި އެއަރޕޯޓަށް ދިޔުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޑެޓް (އެމްއޭސީއެލް) އިން އިލްތިމާސް ކޮށްފިއެވެ.

އެމްއޭސީއެލުން ބުނީ އިންޓަނޭޝަނަލް ދަތުރުތަކުގައި ފުރާ ފަސިންޖަރުން ފުރުމުގެ ތިން ގަޑިއިރު ކުރިން އަދި ޑޮމެސްޓިކް ދަތުރުތައް ކުރާ ފަސިންޖަރުން ފުރުމުގެ ދެ ގަޑިއިރު ކުރިން އެއަރޕޯޓަށް ދިޔުމަށް އިލްތިމާސް ކުރާ ކަމަށެވެ.

ސްކޫލް ޗުއްޓީ ދުވަސްވަރަކީ ގިނަ އަދަދެއްގެ ބަޔަކު ރާއްޖެތެރެއަށާއި ރާއްޖެއިން ބޭރަށް ފުރާ ދުވަސްވަރެކެވެ.

ބޮޑު ޗުއްޓީއާ ދިމާކޮށް މޯލްޑިވިއަނުން ވަނީ ޝެޑިއުލް ފްލައިޓްތައް އިތުރުކޮށްފައެވެ. މޯލްޑިވިއަނުން އިތުރަށް ބުނީ ފްލައިޓްތައް އިތުރުކޮށްފައިވަނީ ސޫކުލް ޗުއްޓީއާ ދިމާކޮށް ގިނަ ބަޔަކު އެކި ރަށްތަކަށް ދަތުރު ކުރާނެތީ، އެ ކަސްޓަމަރުންނަށް ލުއި ފަސޭހަ ކޮށްދިނުމުގެ ގޮތުން ކަމަށެވެ.

ފަތުރުވެރިކަމުގެ ސީޒަނާއި ބޮޑު ޗުއްޓީ ދިމާވާ އިރު މިދުވަސްވަރަކީ އަބަދު ވެސް އެއަރޕޯޓަށް ބާރުބޮޑު ދުވަސްވަރެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
17%
67%
17%
0%
0%
0%
ކޮމެންޓް
ގުޅުންހުރި