Advertisement
ކ. މާލެ
|
21 ނޮވެންބަރ 2019 | ބުރާސްފަތި 08:20
ގދ.ތިނަދޫ
ގދ.ތިނަދޫ
ރާއްޖެއެމްވީ
މާރާމާރީ
ގދ. ތިނަދޫގައި ހިނގި މާރާމާރީއެއްގައި މީހަކަށް ވަޅިން ހަމަލާދީފި
އަނިޔާ ލިބުނު މީހާ ފުލުހުންގެ ވެހިކަލްގައި ހޮސްޕިޓަލަށް ގެންގޮސް ވަނީ ފަރުވާދީފައި
އޭނާގެ ހާލު "ސްޓޭބަލް" ކަމަށްވެސް ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ބުނެފައިވޭ
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުން

ގދ ތިނަދޫގައި ހިނގި މާރާމާރީއެއްގައި މީހެއްގެ އަތަށް ވަޅިއަކުން ހަމަލާދީ ޒަޙަމްކޮށްލައިފިއެވެ.

ފުލުހުންގެ އިދާރާއިން ބުނީ މި މާރާމާރީ ހިންގާފައިވަނީ ބުދަ ދުވަހުގެރޭ 23:05 ހާއިރުކަމަށެވެ. ޙަމަލާދީފައިވަނީ ފިރިހެނަކަށްކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. ދެ މީހަކުވެގެން އެމީހާގެ އަތަށް ވަޅިން ހަމަލާ ދީފައިވާކަމަށާއި، އެ މައްސަލަ އެއިދާރާއަށް ހުށަހަޅާފައިވާކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން އިތުރަށް ބުނީ އަނިޔާ ލިބުނު މީހާ ފުލުހުންގެ ވެހިކަލްގައި ޑރ. އަބްދުލްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފައިވާ ކަމަށެވެ. އަދި އޭނާގެ ހާލު ރަނގަޅު ކަމަށްވެސް ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ބުނެފައިވެއެވެ.

Advertisement

މިމައްސަލައިގައި ޝާމިލުވާ ފަރާތްތައް ހޯދަން ރޭ ފުލުހުން ކުރި މަސައްކަތުން، މާރާމާރީ ހިންގި ކަމަށް ތުހުމަތު ކުރެވޭ 32 އަހަރާއި 26 އަހަރުގެ ދެ ފިރިހެނުން ހޯދައި ބުދަ ދުވަހުގެރޭ 00:23 ހާއިރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް