ކ. މާލެ
|
19 ނޮވެންބަރ 2019 | އަންގާރަ 00:45
ނިއުމާ އާއި ނަހުލާ
ނިއުމާ އާއި ނަހުލާ
ރާއްޖެއެމްވީ
ނަހުލާ-ނިއުމާ
ނަހުލާ އާއި ނިއުމާގެ "ކޯޅުންގަނޑު" ގިނަ ބަޔަކު ބުނަނީ އެދެމީހުން ޒާތީ ވެއްޖެ ކަމަށް!
ދެމީހުންގެ އިންޓަވިއުގައި ވެސް ބުނީ އެއްވެސް ޒާތީ ވުމެއް ނެތް ކަމަށް
ނަހުލާ ބުނީ ނިއުމާގެ ފަންކްޝަންތަކުގައި ވެސް ބައިވެރިވެފައިވާނެ ކަމަށް
ނިއުމާ ވަނީ ނަހުލާގެ ބޮޑެތި ޕްރޮޖެކްޓްތަކުގައި މަސައްކަތްކޮށްފަ

މަޝްހޫރު ޑައިރެކްޓަރ ފާތިމަތު ނަހުލާ އާއި ފިލްމީ ދާއިރާގައި ދެވަނައެއް ނެތް ބަތަލާ ނިއުމާ މުހައްމަދު ސޯޝަލް މިޑިއާގައި އެކަކު އަނެކަކަށް ނުރަސްމީ ބަހުގެ ހަމަލާތަކެއްދީ ޖަދަލުކޮށްފިއެވެ.

ދާދި ފަހުން ނަހުލާއަށް ލިބުނު ސައުތް އޭޝިއަން ބިޒްނަސް އެކްސެލެންސް އެވޯޑާ ގުޅިގެން ނިއުމާ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ނަހުލާގެ ނަން ހާމަ ނުކޮށް އޭނާ ބުނެފައިވަނީ "އެއްވެސް ކުއްޖެއް ބޭނުންވޭތަ މި އެވޯޑަށް ފައިސާ ދީގެން ބައިވެރިވާން" މިހެންނެވެ.

އެކަމާއި ގުޅިގެން ނަހުލާ މިވަނީ ނިއުމާގެ އެ ޕޯސްޓުގެ ސްކްރީންޝޮޓް ތަކެއް އޭނާގެ ފޭސްބުކްގައި އާންމުކޮށް ނިއުމާގެ ނަން ހާމަނުކޮށް ނުރަސްމީކޮށް ރައްދު ދީފައެވެ.

ރައްދުގެ ޕޯސްޓުގައި ނަހުލާ ބުނެފައިވަނީ އެ އެވޯޑަކީ އޭނާ ގަތް އެއްޗެއްކަން ސާބިތުކޮށްދޭން ބައެއް ތަސައްރަފު ނުފުދޭ ކުދިން އެބައުޅޭ ކަމަށެވެ. އޭނާ އިތުރަށް ބުނެފައިވަނީ ސުނީތާ އަލީ އަށް ލައިގެން ކަހަލަ ކަމެއް އޭނާއަށް ވެސް ލައިގެންފައިވާ ކަމަށެވެ.

މަޝްހޫރު ނެށުންތެރިޔާ ސުނީތާއާއި އޭނާގެ އެންމެ ވަރުގަދަ ފޭން ޕްރިޔަންކާ ޗޯޕްޅާއާ ބެހޭގޮތުން ނިއުމާ ދައްކާފައިވާ ވާހަކަތަކެއް މީގެ ކުރިން ލީކުވެގެން ދިޔައިރު ސުނީތާ އާއި ނިއުމާގެ މޫނު ކެނޑިފައިވާ ކަން ރާއްޖޭގެ ގިނަ ބަޔަކަށް އިނގޭނެއެވެ.

ރާއްޖެ އެމްވީއަށް ދިން އިންޓަވިއުއެއްގައި ނަހުލާ ބުނީ، ނިއުމާ އާ ދޭތެރޭ އެއްވެސް ޒާތީ ވުމެއް ނޯންނާނެ ކަމަށާއި އޭނާގެ ޕޯސްޓު ފެނުމުން އެއީ ގަތް އެވޯޑެއް ނޫންކަން ސާބިތުކޮށްދޭން ބޭނުންވި ކަމަށެވެ. ނަހުލާ ބުނީ ނިއުމާގެ ފަންކްޝަންތަކުގައި އޭނާ ބައިވެރިވެފައިވެސް ހުންނާނެ ކަމަށެވެ.

އިތުރަށް ނަހުލާ ބުނީ، އެ އެވޯޑަކީ ގަތް އެވޯޑެއް ކަމަށް ބުނެ އެ ޕޯސްޓު އެކި އެކި ފަރާތްތަކަށް ސޯޝަލް މީޑިއާ މެދުވެރިކޮށް ނިއުމާ ފޮނުވި ކަމަށާއި އެހެން ކަމުން އެއީ ހަގީގަތެއް ނޫންކަން އަންގަން ބޭނުންވި ކަމަށެވެ. އަދި އޭނާ އަކީ މީހުންނަށް ޒާތީ ވުން އޮންނަ މީހެއް ނޫން ކަމަށާއި އަމިއްލަ މީހާގެ ދިފާއުގައި ނިކުންނަން ޖެހޭ ހާލަތުގައި އޭނާ ނުކުންނާނެ ކަމަށެވެ.

ނަހުލާ އެވޯޑް އާއެކު

އެކަމާއި ގުޅޭގޮތުން ނިއުމާ ބުނީ އެވާހަކަ އަށް އެއްޗެއް ބުނަން ބޭނުން ނުވާ ކަމަށާއި، އޭނާގެ ފޭސްބުކްގައި ޕޯސްޓު ކުރާނީ އޭނާ ބޭނުންވާ އެއްޗެއް ކަމަށެވެ. އަދި އޭނާގެ އަމިއްލަ ފޭސްބުކްގައި އޭނާ ބޭނުންވާ އެއްޗެއް ޕޯސްޓުކުރުމުގެ ހައްގު އޮންނާނެ ކަމަށް ވެސް ނިއުމާ ބުންޏެވެ.

ނަހުލާ އާއި ނިއުމާގެ އިންޓަވިއުގައިވެސް ދެމީހުންގެ މެދުގައި ޒާތީ ވުމެއް ނެތް ކަމަށް ބުނާއިރު ރާއްޖޭގެ ގިނަ ބަޔަކު މިހާރު ދެކެނީ ފޭސްބުކްގައި ހިނގާދިޔަ އެދެމީހުންގެ "ކޯޅުން" ގަނޑަށް ފަހު ރަނގަޅަށް ވެސް ޒާތީވެފައިވާ ކަމަށެވެ.

ނިއުމާ މީގެ ކުރިން ވަނީ ނަހުލާގެ ބައެއް ފިލްމު ތަކުގައި މަސައްކަތް ކޮށްފައެވެ. "ޔޫސުފް" އާއި "ކަލާޔާނުލާ" ފަދަ ނަހުލާގެ މަގުބޫލު ފިލްމުތަކުން ނިއުމާ ފެނުނުރު ނަހުލާގެ ވާހަކައެއްގެ މައްޗަށް އުފެއްދި ކާމިޔާބު ފިލްމު "ވީރާނާ" ގައި ވެސް މުހިއްމު ރޯލަކުން ނިއުމާ ފެނުނެވެ.

- ކޮމެންޓް
19 ނޮވެންބަރ 2019 | އަންގާރަ 22:12
ދެން ދޯ
ނަހްލާ އެއދެން ބޮޑުވަރު. ނަހްލާ ފުރިފަ ނެތީމަ ގުޑު ގުޑު އެ އަޅަނީ
19 ނޮވެންބަރ 2019 | އަންގާރަ 02:34
އެދުރު ހަސަން
އަހަންނަ ބޮނޑައް ގަބޫލުކުރެވެނީނިއުމާގެ ވާހަކަ. ލާރިކޮޅެއްދިއްކޮލީމަ އޭޝިޔާ ގައުމު ތަކުން ތިޔައްވުރެ ޝަރަފްވެރި އެވޯޑުވެސް ލިބިދާނެ. އެޕްލިކޭޝަން ފޯމު އޮންލައިންކޮއް ބަލާލީމަ އެނގެން އިންނާނެ ފައިސާދައްކައިގެން ނޫންގޮތޮކައް ބައިވެރި ނުވެވޭނެކަން . މައުލޫމާތު ހޯދައިގެން ނިއުމާކުރި ޕޯސްޓަކައް ތިވާނީ.
19 ނޮވެންބަރ 2019 | އަންގާރަ 01:49
ށިނާން
ނިއުމާ އަކީ ހަމަ ޒަވި ގަދަކުއްޖަކީ. ޒާތީ ވިޔަސް ތީ ބޮޑުވަރު.
19 ނޮވެންބަރ 2019 | އަންގާރަ 01:05
ޢަނީ
ނަހުލާ އަކީ ޒާތީ ވުމުގެ ލާމަސީލު ނަމޫނާއެއް.