ކ. މާލެ
|
18 ނޮވެންބަރ 2019 | ހޯމަ 19:10
ޖޯކަރު ގެ ޕޯސްޓަރެއް
ޖޯކަރު ގެ ޕޯސްޓަރެއް
ގޫގުލް
ޖޯކަރު
ފިލްމް "ޖޯކަރ": ބޮކްސް އޮފީހުގައި ބިލިއަނެއް ހޯދާ ތާރީޚުގެތެރެއަށް!
އެ ފިލްމު ރިލީޒްކުރީ އޮކްޓޯބަރު މަހުގެ 4 ވަނަ ދުވަހު
ފިލްމަށް ގިނަ ބަޔެއްގެ ފަޑުކިޔުން އަމާޒުވި ނަމަވެސް ތަރުހީބު އިންތިހާއަށް ބޮޑުވެގެން ދިޔަ

ގިނަ ބައެއްގެ ފާޑުކިޔުމާއި އެއްވަރަށް ތަރުހީބު ވެސް ލިބުނު ފިލްމު "ޖޯކަރ" އަށް ބޮކްސް އޮފީހުގައި ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިއްޖެއެވެ.

"ޖޯކަރ" ވެފައިވަނީ ސިނަމާގެ ތާރީޚުގައި ވެސް މިހާތަނަށް ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި އާރް-ރޭޓެޑްގެ ފުރަތަމަ ފިލްމަށެވެ.

އޭގެ އިތުރުން "ޖޯކަރ" އަކީ ޑިޒްނީ އާއި މާވެލް ސްޓޫޑިއޯ ނޫން ފިލްމަކަށް މި އަހަރު ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނު ދެވަނަ ފިލްމުކަން ވެސް ފާހަގަކޮށްލެވެއެވެ. އެ ލިސްޓަށް ދެން އިތުރުވާ ފިލްމަކީ ސޮނީ ޕިކްޗަރޒްގެ ސްޕައިޑަ-މޭން: ފާރ ފްރޮމް ހޯމް އެވެ.

ޖޯކިން ފީނިކްސް ޖޯކަރުގެ ރޯލު ކުޅުނު އެ ފިލްމު ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ އެތަކެއް ސިނަމާގައި ސްކްރީން ކޮށްފައެވެ. އެ ފިލްމު ރިލީޒްކުރީ އޮކްޓޫބަރު މަހުގެ 4 ވަނަ ދުވަހުއެވެ.

ޓޮޑް ފިލިޕްސް ޑައިރެކްޓްކޮށްފައިވާ "ޖޯކަރް" އަށް ބިލިއަން ޑޮލަރުގެ ބޮޑު އާމްދަނީ އެއް ލިބިގެންދިޔަ އިރު، އެ ފިލްމު އުފައްދާފައިވަނީ 70 މިލިއަން ޑޮލަރުގެ ބަޖެޓަކުންނެވެ. "ޖޯކަރ" އަށް ވަނީ މި އަހަރު ބޭއްވި 76 ވަނަ ވެނިސް ފިލްމު ފެސްޓިވަލުގައި ގޯލްޑެން ލަޔަން އެވޯޑް ވެސް ލިބިފައެވެ.

ބިލިއަން ޑޮލަރުގެ އާމްދަނީ ލިބުނު ފިލްމު ތަކުގެ ލިސްޓުގައި "ޖޯކަރ" ހިމެނޭ އިރު ދެން އެ ލިސްޓުގައި ހިމެނެނީ އެވެންޖާޒް: އެންޑްގޭމް އާއި ދަ ލަޔަން ކިންގްގެ އިތުރުން ޓޯއި ސްޓޯރީ 4 ފަދަ މޮޅެތި ފިލްމުތަކެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް