Advertisement
ކ. މާލެ
|
17 ނޮވެންބަރ 2019 | އާދީއްތަ 21:25
ގޯޓާބަޔަ ރާޖަޕަކްސަ
ގޯޓާބަޔަ ރާޖަޕަކްސަ
އަލްޖަޒީރާ
ލަންކާގެ ރިޔާސީ އިންތިހާބު
ގޯޓާބަޔަ ރާޖަޕަކްސައަށް ދިވެހި ދައުލަތުގެ ވެރިން މަރުޙަބާ ވިދާޅުވެއްޖެ
ގޯޓާބަޔަ ކާމިޔާބު ކުރެއްވީ ސްރީލަންކާގެ 8 ވަނަ ރިޔާސީ އިންތިޚާބު
ގޯޓާބަޔަ އިންތިހާބު ކާމިޔާބު ކުރެއްވީ 52.25 އިންސައްތަ ވޯޓާއެކު
ސަޖިތް ޕްރެމަދާސައަށް ލިބުނީ 41.99 އިން ސައްތަ ވޯޓު

ސްރީލަންކާގެ 8 ވަނަ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި ގޯޓާބަޔަ ރާޖަޕަކްސައަށް ދިވެހި ދައުލަތުގެ އިސްވެރިން މަރުޙަބާ ވިދާޅުވެއްޖެއެވެ.

ސްރީލަންކާގައި ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާނު ކުރައްވާފައިވާއިރު، ނަތީޖާ ދައްކާ ގޮތުން 52.25 އިންސައްތަ ވޯޓާއެކު ގޯޓާބަޔަ އިންތިހާބު ކާމިޔާބު ކުރައްވާފައިވާއިރު، އޭނާއާއި އެންމެ ގާތުން ވާދަކުރި ސަޖިތް ޕްރެމަދާސައަށް ލިބިފައިވަނީ 41.99 އިންސައްތަ ވޯޓެވެ.

Advertisement

ގޯޓާބަޔައަށް މަރުހަބާ ވިދާޅުވެ އާދިއްތަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ލަންކާގެ އައު ޒައާމަތާއެކުގައި ގުޅިގެން މަސައްކަތް ކުރެއްވުމަށް އުއްމީދުކުރައްވާ ކަމަށެވެ.

ގޯޓާބަޔައަށް ނައިބްރައީސް ފައިސަލް ނަސީމްވެސް މަރުޙަބާ ވިދާޅުވެފައިވާއިރު، އެމަނިކުފާނުގެ ޓްވީޓުގައި ވަނީ ލަންކާގެ ރައްޔިތުންނަށް ކާމިޔާބަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެ ދެ ޤައުމުގެ ގުޅުމުގެ ބަދަހިކަމަށް އަލިއަޅުވާލައްވާފައެވެ.

އޭގެ އިތުރުން، ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، ކުރީގެ ރައީސް މައުމޫނު އަބްދުލް ޤައްޔޫމްވެސް ވަނީ ގޯޓާބަޔައަށް މަރުހަބާ ވިދާޅުވެ ޓްވީޓް ކުރައްވާފައެވެ. އެގޮތުން ރައީސް ނަޝީދުގެ ޓްވީޓުގައި ވިދާޅުވެފައިވަނީ ލަންކާއާއި ރާއްޖެއާ ދެމެދު އޮންނަ ގާތް ގުޅުމަކީ ދެ ޤައުމަށްވެސް ބޭނުންތެރި އެއްޗެއް ކަމަށާއި، ދެ ޤައުމުގެ ލާބައާއި މަންފާއަށްޓަކައި ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށެވެ.

ގޯޓާބަޔަ ރާޖަޕަކްޝާއަކީ ސްރީލަންކާ ޕޮޑުޖަނަ ޕެރަމުނަ (އެސްއެލްޕީޕީ)ގެ ކެންޑިޑޭޓެވެ. އެމަނިކުފާނު އިންތިހާބު ކާމިޔާބު ކުރެއްވުމާއި ގުޅިގެން ގިނަ ބަޔަކު ދަނީ އެމަނިކުފާނަށް މަރުހަބާ ކިޔަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް
17 ނޮވެންބަރ 2019 | އާދީއްތަ 23:38
އެދުރު ހަސަން.
ދިވެހި ދައުލަތުގެ ރައިއްޔަތަކުވެސް ގޯޓާބަޔައް ހޫނުމަރުހަބާކިޔަން. މަމެން ލަންކާއައް ގޮސްއުޅޭއިރު މަމެންނާ ދޭތެރޭ ރަގަޅައް ކަންތައް ކުރާތި.