Advertisement
ކ. މާލެ
|
17 ނޮވެންބަރ 2019 | އާދީއްތަ 19:03
ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް
ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް
ރައީސް އޮފީސް
ރައީސް ސޯލިހް
މި މަތިވެރި ހިދުމަތުގައި ސާބިތުކަމާއެކީ ކުރިއަށްދާނެ ކަމުގެ ޔަގީންކަން އަރުވަން: ރައީސް ސާލިހް
ރައްޔިތުން ދެއްވި އިތުބާރާއި އެއްބާރުލެއްވުމަށް އެމަނިކުފާނު ޝުކުރު އަދާކުރެއްވި
ހިދުމަތުގައި ސާބިތުކަމާއެކީ ކުރިއަށްދާނެ ކަމުގެ ޔަގީންކަން އަރުވާކަމަށް ވެސް ރައީސް ވިދާޅުވި
މިއަދު މިއީ ރައީސް ސާލިހްގެ ސަރުކާރަށް އެއްއަހަރު ފުރުނު ދުވަސް

ޚިދުމަތުގައި ސާބިތުކަމާއެކީ ކުރިއަށްދާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުވާ ކަަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙުގެ ސަރުކާރަށް އެއްއަހަރު މިއަދު ފުރުމާއި ގުޅިގެން އެމަނިކުފާނު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖެއަށް ހަމަޖެހުމާއި ފާގަތިކަން ގެނައުމަށް އެމަނިކުފާއި މަތި ކުރެއްވި ޒިންމާއަށް އަހަރު ފުރިގެންދާއިރު ރައްޔިތުން ދެއްވި އިތުބާރާއި އެއްބާރުލެއްވުމަށް ޝުކުރު ދަންނަވާ ކަމަށެވެ. އަދި މާތް الله ގެ ވާގިފުޅާއެކު އެ މަތިވެރި ޚިދުމަތުގައި ސާބިތުކަމާއެކީ ކުރިއަށްދާނެ ކަމުގެ ޔަޤީންކަން އަރުވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

Advertisement

ރައީސް ޞާލިޙުގެ ސަރުކާރަށް އެއް އަހަރުވެފައިވާއިރު ގިނަ ބަޔަކު ޤަބޫލު ކުރަނީ މިދިޔަ ސަރުކާރާއި އަޅާބަލާއިރު މި ސަރުކާރުގައި ޚިޔާލު ފާޅުކުރުމުގެ މިނިވަން ކަމާާއި ރައްޔިތުންނަށް ގާތުން ހިދުމަތް ފޯރުކޮށްދިނުމުގައި ލުއި ފަސޭހަތަކެއް ވެގެން ދިޔަކަމަށެވެ.

ސަރުކާރުގެ މެނިފެސްޓޯ ކާމިޔާބުކުރުމުގެ ގޮތުން އެކި ދާއިރާތައް ހިމެނޭގޮތައް ދުރު ރާސްތާ ޕްލޭނެއް އެކުލަވާލައި އޭގައި ވާ ޢަމާޒުތަކަށް ވާޞިލުވުމަށް ސަރުކާރުން ދަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދ ފާއިތުވެދިޔަ އެއްއަހަރުގެ ތެރޭގައި ސަރުކާރުން ވަނީ އާ ކަންތައްތަކެއް ތަޢާރަފުކޮށް ގިނަ ކާމިޔާބީތަކެއް އެކި ދާއިރާތަކުން ހޯދާފައެވެ. މީގެ ތެރެއިންވެސް އެންމެ ފާހަގަކޮށްލެވެނީ ރައްޔިތުންނާއި ގާތުން ޚިދުމަތް ދިނުމަށް ކުރި މަސައްކަތްތަކާއި، ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދްމަތްތައް އެކަށީގެންވާގޮތެއްގައި ފޯރުކޮށްދިނުމަށް ވަކި އަތޮޅެއް ރަށެއް ތަފާތު ކުރުމެއްނެތި ސަރުކާރުން ކުރަމުންދާ މަސައްކަތެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 20 ގަޑިއިރު ކުރި
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް
18 ނޮވެންބަރ 2019 | ހޯމަ 07:08
ސީދާ
މަނިކުފާނު ތިޔަގޮތުގައި ސާބިތުކަމާއެކު ދިވެހި ޤައުމު ތަރައްޤީ ކުރެއްވުމުގައި ދެމިހުންނެވުމުގެ ހެޔޮމަގު މާތްﷲ ތަނަވަސްކޮށްދެއްވާށި ! އާމީން