ކ. މާލެ
|
16 ނޮވެންބަރ 2019 | ހޮނިހިރު 11:06
ބްރެޒިލް އަދި އާޖެންޓީނާ ބައްދަލުކުރި މެޗުގެ ތެރެއިން
ބްރެޒިލް އަދި އާޖެންޓީނާ ބައްދަލުކުރި މެޗުގެ ތެރެއިން
ރޮއިޓަރސް
އިންޓަރނޭޝަނަލް ފްރެންޑްލީ
މެސީގެ ލަނޑުން އާޖެންޓީނާއިން ވަރުގަދަ ބްރެޒިލް ބަލިކޮށްފި
މި މެޗު އާޖެންޓީނާއިން ކާމިޔާބުކުރީ 1-0 ގެ ނަތީޖާ އަކުން

ބައިނަލްއަޤުވާމީ އެކުވެރިކަމުގެ މެޗުގައި އާޖެންޓީނާ އަދި ބްރެޒިލް ވާދަކުރި މެޗުން މެސީގެ ލަނޑުން އާޖެންޓީނާއިން ވަރުގަދަ ބްރެޒިލް ބަލިކޮށްފިއެވެ.

ސައުދީ އަރަބިއާގައި ކުޅުނު މި މެޗު ނިމިގެންދިޔައީ 1-0 ގެ ނަތީޖާ އަކުންނެވެ.

ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ހާފު ފަށައިގެން ގިނައިރު ތަކެއް ނުވަނީސް މެސީ ވަނީ އާޖެންޓީނާއަށް ލަނޑު ޖަހައިދީ މެޗުގެ ލީޑު ނަގައިފައެވެ. މެސީ ގެ ލަނޑަކީ ލިބުނު ޕެނަލްޓީއެއްގެ ބޭނުން ހިފައި އޭނާ ކާމިޔާބުކުރި ލަނޑެކެވެ.

މި ލަނޑަށްފަހު ބްރެޒިލް އިން އެޓީމުގެ ކުޅުން ރަނގަޅުކޮށް އާޖެންޓީނާގެ ގޯލަށް ފުލުފުލުގައި ނުރައްކާ ކުރިއެވެ. އެގޮތުން ފުރަތަމަ ހާފު ނިމުމުގެ ކުރިން ބްރެޒިލްގެ ވިލިއަން އަށް ވަނީ ލަނޑު ޖަހަން ރަނގަޅު ފުރުސަތެއްލިބި ބޭކާރުވެފައެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުގެންދިޔައީ 1-0 ގެ ނަތީޖާ އަކުން އާޖެންޓީނާ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު މި ހާފުގައި ބްރެޒިލް އިން ވަނީ ލަނޑު ޖަހަން ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ބްރެޒިލްގެ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތަކެއް އާޖެންޓީނާގެ ޑިފެންޑަރުން އަދި ކީޕަރު ވަނީ ހުށިޔާރުކަމާއި އެކު ދިފާއުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް
16 ނޮވެންބަރ 2019 | ހޮނިހިރު 12:19
ވާންބެ
މެޗް ކުޅުނީ ސައުދީ އަރަބިއްޔާ ގަ