ކ. މާލެ
|
15 ނޮވެންބަރ 2019 | ހުކުރު 18:18
ކައިލާން ޓްރެންޑްސް ފިހާރަ
ކައިލާން ޓްރެންޑްސް ފިހާރަ
ކައިލާން ޓްރެންޑްސް
ކައިލާން ޓްރެންޑްސްއަށް އެއްއަހަރުވާ ދުވަހު ހުރިހާ ސާމާނަކުން 50 އިންސައްތަ ޑިސްކައުންޓް
އެއްއަހަރު ފުރޭނީ ނޮވެމްބަރު 20 ވަނަ ދުވަހު
ކައިލާންގެ އަމާޒަކީ ކޮލެޓީ ރަނގަޅު ސާމާނު ފޯރުކޮށްދިނުން
ކައިލާންގެ ބްރޭންޑް އެމްބެސިޑަރަކީ އައްޒަ

ކައިލާން ޓްރެންޑްސް ފިހާރައަށް އެއްއަހަރުވާ ދުވަހު ހުރިހާ ސާމާނަކުން 50 އިންސައްތަ ޑިސްކައުންޓް ދޭން ނިންމައިފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން އިންޓަރނޭޝަނަލް ކޮސްމެޓިކްސް ބްރޭންޑްސްތައް ހޯލްސޭލް އަދި ރީޓެއިލް ކުރާ 'ކައިލާން ޓްރެންޑްސް'ގެ ބްރޭންޑް އެމްބެސެޑަރ މަރިޔަމް އައްޒަ ބުނީ ފިހާރައަށް އެއްއަހަރު ފުރޭނީ ނޮވެމްބަރު 20 ވަނަ ދުވަހު ކަމަށާއި އެ ދުވަހު ވިޔަފާރި ކުރުމުން ލިބޭ ކޫޕަން ޑިސެމްބަރު 20 ވަނަ ދުވަހާއި ހަމައަށް ކަނޑައެޅިފައި އޮންނަ ބްރޭޑްތަކުން ބޭނުން ކުރެވޭނެ ކަމަށެވެ.

ކައިލާން ޓްރެންޑްސްއަކީ 2009 ވަނަ އަހަރުން ފެށިގެން ހުޅުވިފައިވާ އަދި ގިނަ ބައެއްގެ މަޤްބޫލުކަން ހޯދާފައިވާ "ކައިލާން" ފިހާރައިގެ ސަބް ބްރާންޗެކެވެ.

ދުނިޔޭގެ އެތައް ޤައުމެއްގައި ލޯންޗް ކޮށްފައިވާ ތުރުކީގެ އުފެއްދުމެއްކަމުގައިވާ ކޮސްމެޓިކް ބްރޭންޑް، އިސަބަލް ޑުޕޯންޓް، މޯރފޯސް އަދި އަޓަކް ގެ އޮތޮރައިޒް ޑިސްޓްރިބިއުޓާރ އަކީ ކައިލާން ޓްރެންޑްސް އެވެ.

އަދި ޔޫއޭއީގެ މަޝްހޫރު ލަތާފާ ބްރޭންޑްގެ ސެންޓް އަދި އެތައް އިންޓާރނޭޝަނަލް ބްރޭންޑްތައް ކަމުގައިވާ ބެކް، ބެބެކް، ލޭޑީ ސީކްރެޓް، އާމޯރ، އީސީ ފަދަ ބްރޭންޑްތައް ހޯލްސޭލް އަދި ރީޓެއިލްކޮށް ކައިލާން ޓްރެންޑްސް އިން ލިބެންހުންނާނެއެވެ.

މީގެ އިތުރުން ކައިލީ ކޮސްމެޓިކްސް، މެކް ކޮސްމެޓިކްސް، ކަލާރ ޕޮޕް، ހުދާ ބިއުޓީ ފަދަ މަޝްހޫރު އެތައް ބްރޭންޑެއް ރީޓެއިލްކޮށް ކައިލާން ޓްރެންޑްސްއިން ލިބޭނެއެވެ.

- ކޮމެންޓް