ކ. މާލެ
|
14 ނޮވެންބަރ 2019 | ބުރާސްފަތި 17:47
އެސްޓީއޯ ބިލްޑިންގ
އެސްޓީއޯ ބިލްޑިންގ
ރާއްޖެއެމްވީ
ޑިވިޑެންޑް
ޑިވިޑެންޑްގެ ގޮތުގައި ދައުލަތަށް 1.4 ބިލިއަން ރުފިޔާ
ފިނޭންސް މިނިސްޓްރީން މީގެ ކުރިން ލަފާކޮށްފައިވަނީ ޑިވިޑެންޑްގެ ގޮތުގައި 874 މިލިއަން ރުފިޔާ ލިބޭނެ ކަމަށް
ސަރުކާރު ކުންފުނިތަކަށް މިއަހަރުގެ ފުރަތަމަ 6 މަސް ދުވަހުގެ މާލީ ހިސާބުތައް ރަނގަޅު
ސަރުކާރުން ވަނީ މިއަހަރުގެ ތެރޭގައި ކުންފުނިތަކުން ޑިވިޑެންޑް ދައްކާ އުސޫލަށް ބަދަލުތަކެއް ގެނެސްފައި

ސަރުކާރުގެ ކުންފުނިތަކުން ޑިވިޑެންޓްގެ ގޮތުގައި ދައުލަތަށް 1.4 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީން މީގެ ކުރިން ލަފާކޮށްފައިވަނީ ޑިވިޑެންޑްގެ ގޮތުގައި 874 މިލިއަން ރުފިޔާ ލިބޭނެ ކަމަށެވެ. އެހެންނަމަވެސް ކުންފުނިތަކުން ސަރުކާރަށް ބިލިއަނަކަށްވުރެ ގިނަ ރުފިޔާގެ ޑިވިޑެންޓް ދެއްކުމާއި ގުޅިގެން މިއީ ސަރުކާރުން ލަފާކުރި މިންވަރަށްވުރެ 61 އިންސައްތަ އިތުރު އަދަދެކެވެ.

ސަރުކާރު ކުންފުނިތަކަށް މިއަހަރުގެ ފުރަތަމަ 6 މަސް ދުވަހުގެ މާލީ ހިސާބުތަކަށް ބަލާއިރު، 7.29 ބިލިއަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފައެވެ. އެކުންފުނިތަކުގެ ތެރެއިން އެސްޓީއޯއަށް 2 ބިލިއަނަށްވުރެ ގިނަ ރުފިޔާ އާމްދަނީގެ ގޮތުގައި ލިބިފައިވާއިރު، އެމްއޭސީއެލްއަށް ބިލިއަނަކަށްވުރެ ގިނަ ރުފިޔާ އާމްދަނީގެ ގޮތުގައި ލިބިފައިވެއެވެ.

ސަރުކާރުން ވަނީ މިއަހަރުގެ ތެރޭގައި ކުންފުނިތަކުން ޑިވިޑެންޑް ދައްކާ އުސޫލަށް ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ސަރުކާރު ކުންފުނިތަކުން މުވައްޒަފުންނަށް ބޯނަސް ދޭންޖެހޭނީ ދައުލަތަށް ދައްކާ ޑިވިޑެންޑް ދެއްކުމަށްފަހު ކަމަށް ފިނޭންސް މިނިސްޓްރީން ކަނޑައެޅިއެވެ.

ސަރުކާރު ކުންފުނިތަކުން ދައުލަތަށް ދައްކާ ޑިވިޑެންޑަކީ އެކުންފުނިތަކަށް ލިބޭ ފައިދާއިން ދައުލަތަށް ދައްކާ ފައިސާއެވެ.

- ކޮމެންޓް