ކ. މާލެ
|
16 މާރޗް 2017 | ބުރާސްފަތި 06:09
ޔާހޫ ކުންފުނީގެ މައި އިދާރާ
ޔާހޫ ކުންފުނީގެ މައި އިދާރާ
އަޒުމޫން އަހުމަދު
ޔާހޫ ހެކްކުރުން
ޔާހޫ ހެކް ކުރި މައްސަލައިގައި 4 މީހެއްގެ މައްޗަށް ދަޢުވާ ކޮށްފި
ދަޢުވާ ލިބޭ މީހުންގެ ތެރޭގައި ރަޝިއާގެ 3 މީހަކު ހިމެނޭ
ރަޝިއާގެ 3 މީހުންގެ ތެރެއިން 2 މީހުންނަކީ ރަޝިއާގެ ޖާސޫސީ އޭޖެންޓުން

2014 ވަނަ އަހަރު ޔަހޫގެ ސަރވަރތައް ހެކުކޮށް، 500 މިލިއަނަށްވުރެ ގިނަ ޔާހޫ އެކައުންޓްތަކުގެ މަޢުލޫޟާތު ވަގަށްނެގި މައްސަލައިގައި އެމެރިކާއިން 4 މީހެއްގެ މައްޗަށް ދަޢުވާ އުފުލައިފިއެވެ.

މި މައްސަލައިގައި އެމެރިކާއިން ދަޢުވާ އުފުލާފައިވަނީ ރަޝިއާގެ 3 ރައްޔިތަކާއި، ކެނެޑާ އަދި ކަޒަކިސްތާނަށް ނިސްބަތްވާ މީހެއްގެ މައްޗަށެވެ.

މި ހަތަރު މީހުންނަކީ

  • މިޓްރީ އަލެކްސަންދްރޯވިކް އޮކުޝޭވް، 33 އަހަރު، ރަޝިއާގެ ރައްޔިތެއް
  • އައިގޯރް އަނަތޮލީވިކް، 43 އަހަރު، ރަޝިއާގެ ރައްޔިތެއް
  • އެލެކްސީ އެލެކްސިޔެވިކް ބެލާން، 29 އަހަރު، ރަޝިއާގެ ރައްޔިތެއް
  • ކަރީމް ބަރަތޯވް، 22 އަހަރު، ކެނެޑާގައި ދިރިއުޅޭ ކެނެޑާ އަދި ކަޒަކިސްތާނު ރައްޔިތެއް

މި 4 މީހުންގެ ތެރެއިން، މިޓްރީ އަލެކްސަންދްރޯވިކް އޮކުޝޭވް އާއި އައިގޯރް އަނަތޮލީވިކް އަކީ ރަޝިއާގެ ޖާސޫސީ އިދާރާ، އެފްއެސްބީގެ ޖާސޫސުން ކަމަށް އެމެރިކާއިން ހާމަ ކޮށްފައިވާއިރު، މި ޟިހުންގެ ތެރޭގައި ހިމެނޭ، އެލެކްސީ އެލެކްސިޔެވިކް ބެލާން އަކީ، ވޭތުވެދިޔަ 3 އަހަރުއްސުރެ އެފްބީއައިގެ އެންމެ ނުރައްކާތެރި ސައިބަރ ކުށްވެރިންގެ ލިސްޓުގައި ހިމެނޭ މީހަކެވެ.

މި ހަތަރު މީހުންގެ މައްޗަށް ދަޢުވާ އުފުލާފައިވާއިރު، މި މައްސަލައިގައި ހިމެނޭ ކަރީމް ބަރަތޯވް ވަނީ މި މާޗްމަހުގެ 14 ވަނަ ދުވަހު ކެނެޑާއިން ހައްޔަރުކޮށްފައެވެ.

އިނގެރޭސިވިލާތުގެ ޖާސޫސީ އިދާރާ އެމްއައިފައިވްގެވެސް އެހީ އާއި އެކު ކުރިއަށް ގެންދިޔަ ތަޙުޤީޤަށްފަހު، 4 މީހުންގެ މައްޗަށް ދަޢުވާ އުފުލާފައިވާއިރު، އެމެރިކާއިން ވަނީ، އެ ޤައުމުގެ ޝަރުޢީ ނިޒާމަށް އިޙުތިރާމްކޮށް، މީގެ ތެރޭގައި ހިމެނޭ ރަޝިއާގެ ރައްޔިތުން އެމެރިކާއާއި ހަވާލުކޮށްދިނުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.

- ކޮމެންޓް