ޕޮލިސީ ލެވެލްގައި އަންހެނުން ބާރުވެރިކުރުމަށްޓަކައި ރައްޔިތުން ހޭލުންތެރި ކުރުވަން ލާޒިމް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އަންގާރަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގައި ވާހަކަ ދައްކަވަމުން އީސީގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ބަޖެޓް ކަނޑައެޅިފައިވާ ގޮތުން ރައްޔިތުން ހޭލުންތެރި ކުރުމުގެ މަސައްކަތްތައް ކުރުމަށް ބަޖެޓް ލިބިފައި އޮތީ ވަރަށް ކުޑަކޮށްކަމަށެވެ.
ބަޖެޓު ކަނޑައެޅިފައި އޮތް އިރު އެކަމަކަށް އެކަށީގެންވާ ބަޖެޓް ނެތް ކަން ޝަރީފް ވަނީ ފާހަގަ ކުރައްވާފައެވެ.
ސީލިން އަކަށްލިބުނީ 50 މިލިއަން. އަޅުގަނޑުމެން ގިނަ މަސައްކަތްތަކެއް ކޮށްގެން އެ ސީލިން 57 މިލިއަނަށް މަތިކޮށްފައި ވަނީއީސީގެ ރައީސް އަހުމަދު ޝަރީފް
ޝަރީފް ވިދާޅުވީ ހަމައެކަނި އީސީން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތައް ހިންގަން އުޅޭފިނަމަ އެކަން ކުރަން އުދަގޫވާނެ ކަމަށާއި ސަބަބީ ބަޖެޓާއި ވަގުތު ނެތުން ކަމަށެވެ.
އިންތިޚާބުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި ހޭލުންތެރި ކުރުމުގެ ޕްރޮގްރާމް ހިންގޭނީ ރައްޔިތުންގެ މަޖިލީހާއި އީސީ އާއި އެލްޖީއޭ އާއި ހުރިހާ މުއައްސަސާތައް ގުޅިގެން ކަމަށް ޝަރީފް ވިދާޅުވިއެވެ.
ޤާނޫނުގައި މަސްލަހަތު ހިމެނޭ ހުރިހާ މުއައްސަސާތަކެއް ހިމެނިގެން ކުރާ ކަމެއްގެ ގޮތުގައި ކޮށްފިއްޔާ އަޅުގަނޑަށް ގަބޫލު ކުރެވޭ އެއީ ވާނެ ކަމަށްއީސީގެ ރައީސް އަހުމަދު ޝަރީފް
އިތުރަށް ޝަރީފް ވިދާޅުވީ މިހާރު ޤާނޫނުގައި އޮތް ގޮތުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ސީރިއަސްނަސް އަދިވެސް ނާންކަމަށެވެ. އަދި ބާރުގަދަ ބައެއްގެ ގޮތުގައި އަންހެނުންގެ ކޮމިޓީ އޮންނާނީ ރަސްމީ ސިފައެއްގައި އިލެކްޝަންސް ކޮމިޝަންގެ އިންތިޚާބަކުން ހޮވުމުން ކަމަށް ޝަރީފް ވިދާޅުވިއެވެ.
ބޮޑަށް ތާއީދު ކުރަނީ ރަނގަޅު އެމްޕަވަރޑް އަންހެނުން ކޮމިޓީއެއް އުފައްދާނަމަ ލޯކަލް ކައުންސިލް އިންތިޚާބައި އެކީގައި ބާއްވަން ކަމަށް އޭނާ ވިދާޅުވިއެވެ. އިލެކްޝަންސް ކޮމިޝަންގެ މެންޑޭޓް ތެރެއަށް އަންހެނުންގެ ކޮމިޓީލުމަށް ތާއީދު ކުރަނީ ބާރުވެރި ކުރުވުމުގެ ބޭނުމުގައި ކަމަށް ޝަރީފް ވިދާޅުވިއެވެ.