ކ. މާލެ
|
16 މާރޗް 2017 | ބުރާސްފަތި 02:29
ކަނޑުފޭރިގެންފައިވާ ތެޔޮ ޓޭންކަރު
ކަނޑުފޭރިގެންފައިވާ ތެޔޮ ޓޭންކަރު
އޭޕީ
ސޯމާލިއާ ކަނޑުފޭރޭ މީހުން
ކަނޑުފޭރިގެންފައިވާ ތެޔޮ ޓޭންކަރު ދޫކުރަނީ ފައިސާ ދިނުމުން ކަމަށް ކަނޑުފޭރޭ މީހުން ބުނެފި
ސޯމާލިއާގެ ރަށްބޭރުގައި ހިނގި މި ހާދިސާ އަކީ 2012 ގެ ފަހުން ހިނގި މިފަދަ ކަނޑުފޭރުމުގެ ފުރަތަމަ ހާދިސާ

ސޯމާލިއާގެ ކަނޑުފޭރޭ މީހުންގެ ބާރުގެ ދަށުގައިވާ ތެޔޮ ޓޭންކަރު ދޫކުރުމަށް، ފައިސާއަށް ޑިމާންޑްކޮށްފިއެވެ.

ޔޫރަޕިއަން ޔޫނިއަން އެންޓި-ޕައިރެސީ ނޭވަލް ފޯސް އިން ކަނޑުފޭރޭ މީހުންގެ ޑިމާންޑް ވަނީ ކަށަވަރު ކޮށްދީފައެވެ. އަތުލައިގަނެފައިވާ ތެޔޮ ޓޭންކަރުގައި 8 ކްރޫއިން ތިބި ކަމަށް ޚަބަރުތައް ބުނެއެވެ.

ހަތިޔާރު އެޅި ކަނޑުފޭރޭ މީހުން ތެޔޮ ޓޭންކަރު ދޫކުރާނީ ފައިސާ ދިނުމުން ކަމަށް ބުނާއިރު، ދޫކުރާނީ، ކިހާ އަދަދެއްގެ ފައިސާއަކަށް ކަމެއް އެމީހުން ނުބުނާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ކަނޑުފޭރޭ މީހުން ތެޔޮ ޓޭންކަރު އެ މީހުންގެ ބާރުގެ ދަށަށް ގެނައީ ޖިބޫޓީ އިން ސޯމާލިއާގެ ވެރިރަށް މޮގަޑިޝޫއަށް ތެޔޮ ގެންދަނިކޮށެވެ.

ތެޔޮ ޓޭންކަރުގެ ކްރޫންގެ ގޮތުގައި ތިބީ ސްރީލަންކާގެ ރައްޔިތުންކަން އެގައުމުގެ ފޮރިން މިނިސްޓްރީ އިން ވަނީ ކަށަވަރުކޮށްދީފައެވެ.

ޔޫރަޕިއަން ޔޫނިއަން އިން ދަނީ ސޯމާލިއާ ހިމެނޭ ސަރަހައްދުގައި ކަނޑުފޭރޭ ހާދިސާތައް ހުއްޓުމަކަށް ގެނައުމަށް އެހީތެރިވެދެމުންނެވެ.

މިއީ 2012 ގެ ފަހުން ހިނގި މިފަދަ ކަނޑުފޭރުމުގެ ފުރަތަމަ ހާދިސާއެވެ.

- ކޮމެންޓް