ކ. މާލެ
|
10 ނޮވެންބަރ 2019 | އާދީއްތަ 08:02
ފިލްހާލް ލަވައިގެ ޕޯސްޓަރެއް
ފިލްހާލް ލަވައިގެ ޕޯސްޓަރެއް
ގޫގުލް
ފިލްހާލް
އަކްޝޭގެ "ފިލްހާލް": ބެލުންތެރިންގެ ހިތްތައް ރޮއްވަމުން ކާމިޔާބީއަށް!
އެ ލަވަ އަކީ ހިތާމަވެރި މަންޒަރުތަކެއް ދައްކުވައިދޭ ލަވައެއް
ލަވަ އާއި ދޭތެރޭ ބެލުންތެރިން ދިގު އިންތިޒާރެއް ކުރަން ޖެހުނު ނަމަވެސް ލަވަ ވަރަށް ރީތި

ބޮލީވުޑްގެ ކާމިޔާބު އެކްޓަރު އަކްޝޭ ކުމާރު ފެނިގެންދާ "ފިލްހާލް" ލަވަ ރިލީޒް ކުރުމާއެކު ލަވަ އަށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބެން ފަށައިފިއެވެ.

އަރްވިންދު ކައިރާ ޑައިރެކްޓްކޮށްފައިވާ އެ ލަވަ ރިލީޒްކުރީ ނޮވެމްބަރު ނުވަވަނަ ދުވަހުއެވެ. މިހާތަނަށް އައިއިރު ޔޫޓިއުބް މެދުވެރިކޮށް އެކަނިވެސް 11،738،136 (އެގާރަ މިލިއަން ހަތް ލައްކަ ތިރީސް އަށް ހާސް އެއް ސަތޭކަ ތިރީސް ހަ) މީހުން އެ ލަވަ ބަލާފައިވާކަން ފާހަގަކޮށްލެވެއެވެ.

"ފިލްހާލް" ލަވަ އިން ފެންނަނީ އެކި ސަބަބުތަކާ ހެދި ދެ ލޯބިވެރިން ދުރުވާ ތަނެވެ. ނަމަވެސް އެ ކަންކަމުގެ ސަބަބުން އެކަކު އަނެކަކަށްޓަކައި ހިތުގައި ޖަހަމުންދާ ދެމީހުންގެ ވިންދަށް ކުޑަވެސް ބަދަލެއް ނާންކަން ލަވައިން ހާމަކޮށްދެއެވެ.

އެލަވައަށް ބެލުންތެރިން ދިގު އިންތިޒާރެއް ކުރަން ޖެހުނު ނަމަވެސް އެ ލަވައިން ދައްކުވައދޭ މަންޒަރުންނާއި ކިޔާ އެއްޗެހިން ބެލުންތެރިންގެ ހިތްތައް ރޮއްވާލާނެ ކަމާމެދު ޔަޤީނެވެ. އެހާވެސް އަސަރުގަދަ އެވެ.

އަކްޝޭ އާއި އެކު ބަތަލާ އަކަށް އެ ލަވައިގައި ހަރަކާތްތެރިވަނީ ނުޕުރް ސަނޯން އެވެ.

"ފިލްހާލް" ގެ މިއުޒިކް ތައްޔާރުކޮށްދީ، އެ ލަވަ ބީ ޕްރާކްގެ އަޑުން ކިޔާފައިވާއިރު އެ ލަވައިގެ ލިރިކްސް ހަދާފައިވަނީ ޖާނީ އެވެ.

- ކޮމެންޓް