Advertisement
ކ. މާލެ
|
7 ނޮވެންބަރ 2019 | ބުރާސްފަތި 18:30
އަޔޯރާ މެމްބަރަކަށް ރާއްޖެ ރަސްމީ ގޮތުންވި އެއްބަސްވުމުގައި މިނިސްޓަރު ޝާހިދު
އަޔޯރާ މެމްބަރަކަށް ރާއްޖެ ރަސްމީ ގޮތުންވި އެއްބަސްވުމުގައި މިނިސްޓަރު ޝާހިދު
ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދް / ޓްވިޓާ
އަޔޯރާ ސަމިޓް
އަޔޯރާގެ ހިންގުމުގެ ގަވާއިދުތައް ކުރިއެރުވުމަށް ރާއްޖެއިން މަސައްކަތް ކުރާނެ: ޝާހިދު
ސަރަހައްދުގެ އެއްބައިވަންތަކަން އޮތުމުން ވިޔަފާރި ފުޅާވެގެންދާނެ
މިއިީ ދިވެހިރާއްޖެއިން އަޔޯރާ ސަމިޓްގައި ބައިވެރިވި ފުރަތަމަ ފަހަރު

ދިވެހިރާއްޖެއިން އަޔޯރާގެ ހިންގުމުގެ ގަވާއިދުތަކާއި މަގްސަދުތަށް ކުރިއެރުވުމަށް މަސައްކަތް ކުރަށްވާނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޔުނއަޓެޑް އަރަބް އެމިރޭޓްސްގެ ވެރިރަށް އަބޫދާބީގައި މިހާރު ކުރިޔަށްދާ އިންޑިއަން އޯޝަން ރިމް އެސޯސިއޭޝަން (އަޔޯރާ) ގެ ކައުންސިލް އޮފް މިނިސްޓަރސްގެ 19 ވަނަ ބައްދަލުވުމުގައި މިނިސްޓަރު ޝާހިދު ވަނީ ދިވެހިރާއްޖޭގެ ފަރާތުން ވާހަކަފުޅު ދައްކަވައިފިއެވެ.

މިއީ ނޮވެމްބަރ 2018 ގައި އަޔޯރާގެ މެމްބަރު ގައުމަކަށް ދިވެހިރާއްޖެ ވީ ފަހުން ދިވެހިރާއްޖެއިން އަޔޯރާ ސަމިޓްގައި ބައިވެރިވި ފުރަތަމަ ފަހަރެވެ.

Advertisement

މިނިސްޓަރގެ ވާހަކަފުޅުގައި، އަޔޯރާގެ މެންބަރ ގައުމަކަށް ވުމަށްޓަކައި ދިވެހިރާއްޖެއިން ހުށަހެޅި ހުށަހެޅުން އަޔޯރާގެ މެންބަރު ގައުމުތަކުން ގަބޫލުކުރި ކަމަށްޓަކައި ޝުކުރު އަދާކުރައްވައި، ދިވެހިރާއްޖެއިން އަޔޯރާގެ ހިންގުމުގެ ގަވާއިދުތަކާއި މަގްސަދުތަށް ކުރިއެރުވުމަށް މަސައްކަތް ކުރަށްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެރުވިއެވެ.

ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ، ސަރަހައްދުގެ އެއްބައިވަންތަކަން އޮތުމުން ރާއްޖޭގެ ސަރަހައްދު މެދުވެރިކޮށް ކުރަމުން އަންނަ ވިޔަފާރިތައް ފުޅާވެގެން ދާނެކަމަށެވެ. އެގޮތުން އަޔޯރާއިން އެންމެ އިސްކަންދޭ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ސަރަހައްދުގެ ހިމާޔަތާއި ރައްކާތެރިކަން، ވިޔަފާރިއާއި އިންވެސްޓްމަންޓް، ނޫ އިޤްތިސާދު، މަސްވެރިކަން، އިޤްތިސާދު ކުރިއެރުމުގައި އަންހެނުން ބާރުވެރިކުރުން ފަދަ ކަންކަމަކީ ދިވެހިރާއްޖެއިން އަހަންމިއްޔަތުކަންދޭ ކަންކަން ކަމުގައި އޭނާ ފާހަގަ ކުރެއްވިއެވެ

އިންޑިޔާ ކަނޑުގެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަމަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ބަލާއިރު ޤަވާއިދާ ހިލާފަށް މިސަރަހައްދުން ކުރާ މަސްވެރިކަމާއި، ޓެރެރިޒަމް، އިންސާނީ ވަގުވިޔަފާރީގެ އިތުރުން ހަތިޔާރު ވިއްކުމަކީ ދިވެހި ސަރުކާރުން ކަންބޮޑުވާ ކަންތައްތަކަށާއި، ދިވެހިރާއްޖެއިން ބޭނުންވަނީ ސަރަހައްދުގެ ޤައުމުތަކާ އެކީގައި މިކަންކަން ގާތުން ބަލައި، މިކަމަށް އެޅިދާނެ ހަރުދަނާ ފިޔަވަޅުތައް ދެނެގަނެ، އެކުއެކީގައި މަސައްކަތް ކުރުމަށްކަމަށް ފޮރިން މިނިސްޓަރ ޝާހިދު ވާހަކަފުޅުގައި ހާމަކުރެއްވިއެވެ.

އެ ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ވަފްދުގެ އިސްވެރިއެއްގެ ގޮތުގައި ބައިވެރިވެޑައިގަންނަވަނީ މިނިސްޓަރ އޮފް ފޮރިން އެފެއާޒްއެވެ. މިނިސްޓަރގެ އަރިހުގައި ޔުނައިޓެޑް އަރަބް އެމިރޭޓްސްއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. ހުސެއިން ނިޔާޒްގެ އިތުރުން މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެޑިޝަނަލް ސެކްރެޓަރީ އަމީން ޖާވިދު ފައިސަލް ބައިވެރިވެ ވަޑައިގެންވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް