Advertisement
ކ. މާލެ
|
7 ނޮވެންބަރ 2019 | ބުރާސްފަތި 15:24
ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ
ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ
މިނިސްޓްރީ އޮފް ޑިފެންސް
މާރިޔާ ދީދީ
ކައުންޓަރ ޓެރަރިޒަމް ފައިނޭންސިންގެ ބައިނަލްއަގްވާމީ ބައްދަލުވުމެއްގައި މާރިޔާ ދީދީ ބައިވެރިވެވަޑައިގެންފި
އެ ތަގްރީރުގައި މިނިސްޓަރު ވަނީ ޓެރަރިޒަމާ ދެކޮޅަށް ސަރުކާރުން ގެންގުޅުއްވާ "ޒީރޯ ޓޮލަރެންސް ޕޮލިސީ" ގެ މައްޗަށް އަލިއަޅުއްވާލައްވާފަ
އެ ބައްދަލުވުން ކުރިޔަށް ދަނީ އޮސްޓްރޭލިޔާގެ މެލްބަންގައި

"ނޯ މަނީ ފޮރ ޓެރަރ - މިނިސްޓީރިއަލް ކޮންފެރެންސް އޮން ކައުންޓަރ ޓެރަރިޒަމް ފައިނޭންސިންގ" ގައި މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ، ބުރާސްފަތި ދުވަހު ތަޤްރީރުކުރައްވައިފިއެވެ.

އޮސްޓްރޭލިޔާގެ މެލްބަންގައި މިމަހުގެ 6 އިން 8 އަށް ކުރިއަށްދާ މި ބައިނަލްއަޤްވާމީ މަހާސިންތާގައި ތަޤްރީރުކުރައްވަމުން، މިނިސްޓަރ މާރިޔާ ވަނީ، ޓެރަރިޒަމާ ދެކޮޅަށް ސަރުކާރުން ގެންގުޅުއްވާ "ޒީރޯ ޓޮލަރެންސް ޕޮލިސީ" ގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އޭގެއިތުރަށް މާލީގޮތުން ޓެރަރިޒަމަށް ވާގިދިނުން ހުއްޓުވުމަށްޓަކައި، މި ސިޔާސަތުގެ ދަށުން، ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ މައްޗަށް އެކަމަނާގެ ތަގްރީރްގައި ބައްލަވާލެއްވިއެވެ.

Advertisement

މިނިސްޓަރު މާރިޔާ ވަނީ، މާލީގޮތުން ޓެރަރިޒަމަށް ވާގިދިނުމަށް މަގުފަހިވާ ދޮރުތައް ބަންދުކުރުމުގައި، ޤައުމީގޮތުންނާއި ސަރަޙައްދީގޮތުންނާއި ބައިނަލްއަޤްވާމީގޮތުން އެއްބާރުލުން ބޭނުންވާކަމަށް ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: ސިމާހާ ނަސީމް
- ކޮމެންޓް